ސާޗު އެންޖިން އިން ހިސާބު ދަސްކޮށްދޭ ޓޫލް އެއް ތައާރަފު ކޮށްފި

dhimv

ސާޗު އެންޖިން އިން ހިސާބާ ބެހޭ ގިނަ މައުލޫމާތު ހިމަނައިގެން ހިސާބު އިލްމުގެ ޚާއްސަ ޓޫލް އެއް ދިވެހި ޑޮޓްއެމްވީ އިން ތައާރަފު ކޮށްފި އެވެ.

ދިވެހި ޑޮޓް އެމްވީން ބުނި ގޮތުގައި އަލަށް އެ ވެބްސައިޓްގައި ތައާރަފްކުރި މި ޓޫލް އަކީ ސްކޫލުތަކުގައި ހިސާބު ކިޔަވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފުކުރި ޓޫލެކެވެ.

ދިވެހި ޑޮޓްއެމްވީގެ އޮފިޝަލަކު ވިދާޅުވީ މިއީ ކޮމިޔުނިޓީ (ނޮން ޕްރޮފިޓް ނުވަތަ ފައިދާއެއް ނެތި ހިންގާ) ޕްރޮޖެކްޓެއް ކަމަށާއި މަގުސަދަކީ ހުރިހާ އެއްޗެއް ފަސޭހަކަމާއެކު އޮންލައިންކޮށް ހިލޭ ލިބޭނެ ގޮތް ހަދައިދިނުން ކަމަށެވެ.

އެ ވެބްސައިޓުގެ މަތީގައިވާ ސާޗް އެންޖިން ބޭނުން ކޮށްގެން ހިސާބު ނަންބަރުތަކުގެ ހުރިހާ މަރުހަލާތަކެއް ނުވަތަ ސްޓެޕްތަކެއް ދައްކުވައިދެ އެވެ. އަދި ހިސާބުގެ ފްރެކްޝަން، އެކްސްޕޯނަންޓްސް، ޕޮލިނޯމިއަލްސް، ގްރާފިން ފަންކްޝަންސް، އިވެލުއޭޓިން އެކްސްޕްރެޝަން، ސޯލްވިން އީކްއޭޝަން، ސޯލްވިން އިންއީކުއަލިޓީޒް، ފަދަ ހިސާބު ނަންބަރުތަކުގެ ޖަވާބުތައް ފަސޭހަކަމާއެކު ހޯދާލެވެ އެވެ.

ދިވެހި ޑޮޓް އެމްވީން ބުނިގޮތުގައި އެ ވެބްސައިޓްގައި ތައާރަފު ކުރި، މި ޓޫލުގެ ސަބަބުން ދަރިވަރުން ޓިއުޝަނަށް ކުރާ ޚަރަދު ކުޑަވެގެން ދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.