ބ. އަތޮޅުގައި ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކޭމްޕެއް ބާއްވައިފި

ދެ ދުވަހަށް ބ. އަތޮޅުގައި ކުރިއަށް ގެންދިޔަ ސުޕަ ސްޕެޝަލިސްޓް ކޭމްޕުގައި ޑޮކްޓަރަކު ބަލި މީހަކު ބަލަނީ.--ފޮޓޯ: ބ.އަތޮޅު ހޮސްޕިޓަލް
ދެ ދުވަހަށް ބ. އަތޮޅުގައި ކުރިއަށް
ގެންދިޔަ ސުޕަ ސްޕެޝަލިސްޓް ކޭމްޕުގައި ޑޮކްޓަރަކު ބަލި މީހަކު ބަލަނީ.–ފޮޓޯ: ބ.އަތޮޅު ހޮސްޕިޓަލް

ރާއްޖޭގެ އެކި ކަންކޮޅުތަކުން ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ދިނުމުގެ ޕްރޮގްރާމުގެ ދަށުން، ބ. އަތޮޅުގައި ސްޕެޝަލިސްޓުންގެ ކޭމްޕެއް ބާއްވައިފި އެވެ.

ބ. އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ހެލްތް މިނިސްޓްރީ އާއި އާސަންދަ ގުޅިގެން ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ބައިވެރިވެފައިވަނީ އިންޑިއާގެ ބެންގަލޫރު ނަރަޔާނަން ހޮސްޕިޓަލުގައި މަސައްކަތްކުރާ ދެ ޑޮކްޓަރުންނެވެ. އެއީ ކާޑިއޮލޮޖިސްޓަކާއި އީއެންޓީ ޑޮކްޓަރެކެވެ.

މިދިޔަ ހުކުރު ދުވަހު މެންދުރު ފަހުން ފެށިގެން ރެއާ ހަމަ އަށް ވަނީ 168 މީހެއް ބަލައިފަ އެވެ. ކާޑިއޮލޮޖިސްޓް ވަނީ 47 މީހުން ބަލައިފަ އެވެ. ކަރުން މަތީގެ ޑޮކްޓަރު ބަލާފައިވަނީ 121 މީހުން ބަލާފައިވާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

ދެ ދުވަހަށް ބ. އަތޮޅުގައި ކުރިއަށް ގެންދިޔަ ސުޕަ ސްޕެޝަލިސްޓް ކޭމްޕުގައި ޑޮކްޓަރަކު ބަލި މީހަކު ބަލަނީ.--ފޮޓޯ: ބ.އަތޮޅު ހޮސްޕިޓަލް
ދެ ދުވަހަށް ބ. އަތޮޅުގައި ކުރިއަށް ގެންދިޔަ ސުޕަ ސްޕެޝަލިސްޓް ކޭމްޕުގައި ޑޮކްޓަރަކު ބަލި މީހަކު ބަލަނީ.–ފޮޓޯ: ބ.އަތޮޅު ހޮސްޕިޓަލް

މި ކޭމްޕުގައި ބެލުނު ބަލިމީހުންގެ ތެރެއިން، ރާއްޖެ އިން ބޭރަށް ދާންޖެހޭ މީހުންނަށް ބޭނުންވާ އާސަންދަ އަށް ހުށަހަޅަންޖެހޭ ލިއުން ވެސް ދޫކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ސުޕަ ސްޕެޝިއަލިސްޓުންގެ ހިދުމަތް ރައީސް ޔާމީން ފައްޓަވައިދެއްވާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

ރާއްޖެ އަށް ޒިޔާރަތްކުރާނެ ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ތެރޭގައި ނިއުރޮލޮޖިސްޓުންނާއި ނިއުރޯސާޖަން އާއި ކާޑިއޮލޮޖިސްޓުންނާއި އީއެންޓީ ސްޕެޝަލިސްޓުންނާއި ޕީޑިއަޓްރިޝަނުންނާއި ޔޫރޮލޮޖިސްޓުން އަދި ނެފްރޮލޮޖިސްޓުން ހިމެނޭނެ ކަމަށް އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ވަނީ ކުރިން ވިދާޅުވެފަ އެވެ. އަދި ހުސްނުވާ އާސަންދަގެ ހިދުމަތް ދޭ 22 ހޮސްޕިޓަލްގެ ތެރެއިން އިންޑިއާ އާއި ލަންކާގެ ނުވަ ހޮސްޕިޓަލަކުން، ސުޕަ ސްޕެޝަލިސްޓުންގެ ހިދުމަތް ދިނުމުގައި ބައިވެރިވެފައިވާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.