އަދާލަތު ޕާޓީން އިންތިޒާމުކޮށްގެން އަންހެނުން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ ދީނީ ދަރުސެއް މިރޭ އޭދަފުށީގައި އޮންނާނެ އެވެ.
މިރޭ 8:30 ގައި ބަހިއްޔާ ޕްރީ ސްކޫލު ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސް ގައި ތަގުރީރު ކުރައްވާނީ އަންހެންދީނީ އިލްމުވެރިޔާ އަލްއުސްތާޒާ އަނާރާ ނައިމު އާއި ޝައިހް އިލްޔާސް ހުސައިން އެވެ.
މި ދަރުސަކީ ރައްޔިތުންގެ ހިތުގައި ދީނީ ރޫހު އިތުރަށް އާލާކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައި ބާއްވާ ދަރުސެއް ކަމަށް އަދާލަތުން ބުނެއެވެ.