އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަނަންތަރާ ހޯދައިފި

-- އަނަންތަރާގެ ކުޅުންތެރިން ތަށި އުފުލާލަނީ
— އަނަންތަރާގެ ކުޅުންތެރިން ތަށި އުފުލާލަނީ

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ބޭއްވި އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަނަންތަރާ ކިހަވައް ވިލާސް ހޯދައިފި އެވެ.

އަނަންތަރާ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލުގައި 1-0 އިން އަމިއްލަ ފުށި ބަލިކުރުމަށް ފަހު އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި އަނަންތަރާ އަށް ކާމިޔާބު ކޮށްދިނީ، އިމްރާން ނަޝީދެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އަދި އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ އަނަންތަރާގެ އަހްމަދު އުޝާމެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އަމިއްލަ ފުށި ރިސޯޓުގެ ހުސައިން ޝިފާހެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ އަމިއްލަ ފުށީގެ މުހައްމަދު ރީހާނެވެ.

މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔަކަށް އަނަންތަރާގެ އަބްދުﷲ އަބޫބަކުރު ހޮވުނުއިރު ފެއާޕްލޭ ޓީމަކީ ކިހާދު މޯލްޑިވްސް އެވެ.

އަމިއްލަފުށި ސަޕޯޓަރުން - ފޮޓޯ / އަލީ ރައްޒާން
އަމިއްލަފުށި ސަޕޯޓަރުން – ފޮޓޯ / އަލީ ރައްޒާން

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް އަމިއްލަ ފުށި ރިސޯޓްގެ ކޯޗް މުޚުތާރު ނަސީރު (ޓޫ ކިލޯ) އެވެ. އަދި އެންމެ ފޯރިއާއެކު ސަޕޯޓްކުރި ޓީމަކަށް ހޮވުނީ އަމިއްލަ ފުށްޓެވެ.

11 ކުޅުންތެރިން ހިމެނޭ ގޮތަށް، މި މުބާރާތުގެ ޑްރީމް ޓީމެއް ވެސް ވަނީ އެކުލަވާލައިފަ އެވެ. މި ޓީމުގައި ހިމެނެނީ، އަނަންތަރާގެއަހުމަދު އުޝާމް، ޢަބްދުﷲ ޒުބައިރު، ހުނައިނު އަބްދުލް ހާރިސް، މުހައްމަދު އަޖުފާން، ޢަބްދުﷲ ޒުބައިރާއި، އަމިއްލަފުށީގެ ސާމީ އިބްރާހީމް، އިސްމާއީލް ރިޒާ، ހުސައިން ޝިފާހުގެ އިތުރުން، ކިހާދު މޯލްޑިވްސްގެ ހުސައިން ނިޝާމް، އަހުމަދު އަހްސަން އަދި ދުސިއްތާނި މޯލްޑިވްސްގެ އަބްދުލް ސަލާމް ހާމިދެވެ.

އިންޓަ ރިސޯޓް ފުޓުބޯޅަ މުބާރާތުގެ ނަމުގައި މިއީ ސީސީއިން ބާއްވާ ހަތަރުވަނަ މުބާރާތެވެ. މިފަހަރުގެ މުބާރާތުގައި ބ. އަތޮޅުގެ ހަ ރިސޯޓުނަކުން ވާދަކުރި އެވެ. އެއީ އަނަންތަރާ ކިހަވައް ވިލާސް، ރޯޔަލް އައިލެންޑް ރިސޯޓް، ލަނޑާގިރާވަރު ރިސޯޓް، ޑުސިޓް ތަނީ މޯލްޑިވްސް މޫއްދޫ އައިލެންޑް، ކިހާދު މޯލްޑިވްސް ގެ އިތުރުން މިއަތޮޅުގައި އެންމެ ފަހުން ހުޅުވި އަމިއްލަފުށި ރިސޯޓެވެ. ވޭތުވެދިޔަ ތިން އަހަރުގެ ޗެމްޕިއަން ސޮނެވާފުށި މި މުބާރާތުގައި ވާދައެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.