ބީއެމްއެލް އޭދަފުށީ ބްރާންޗުގެ 9 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ބީއެމްއެލް އޭދަފުށީ ބްރާންޗުގެ މުވައްޒަފުން. އެ ތަނަށް މިއަދު ވަނީ 9 އަހަރު ފުރިފައި -- ފޮޓޯ / އަބޫ ޔައުލާ
ބީއެމްއެލް އޭދަފުށީ ބްރާންޗުގެ މުވައްޒަފުން. އެ ތަނަށް މިއަދު ވަނީ 9 އަހަރު ފުރިފައި — ފޮޓޯ / އަބޫ ޔައުލާ

 

ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗުގެ 9 ވަނަ އަހަރީ ދުވަސް އެ ތަނުން ފާހަގަކޮށްފި އެވެ.

މެއި 11، 2006 ގައި ބ. އަތޮޅު ގޭގެ އިމާރާތުގައި ހުޅުވި އެ ބްރާންޗަށް ނުވަ އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު ވަނީ އެތަނުގައި ކޭކު ފެޅުމުގެ ކުޑަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

ބީއެމްއެލް އޭދަފުށީ ބްރާންޗުގެ 9 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހުރިހާ މުވައްޒަފުން ބައިވެރިވެގެން ކޭކު ފަޅަނީ—ފޮޓޯ / އަބޫ ޔައުލާ
ބީއެމްއެލް އޭދަފުށީ ބްރާންޗުގެ 9 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހުރިހާ މުވައްޒަފުން ބައިވެރިވެގެން ކޭކު ފަޅަނީ—ފޮޓޯ / އަބޫ ޔައުލާ

 އަހަރީ ދުވަހާ ގުޅުވައިގެން އެތަނުގެ މުވައްޒަފުން މިއަދު އޮފީހަށް ދިޔައީ އޮރެންޖް ކުލައިގެ ޚާއްސަ ޑްރެސް ކޯޑެއްގަ އެވެ.

އެ ތަނުގެ 9ވަނަ އަހަރީދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުޓްބޯޅަ މެޗަކާއި މުވައްޒަފުންގެ މެދުގައި ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

ބީއެމްއެލް އޭދަފުށީ ބްރާންޗުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އެ ބްރާންޗުގެ އާ އިމާރާތެއް އެޅުމަށް އޭދަފުށިން ބިން ލިބޭތޯ މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އާ އިމާރާތް އެޅުމަށް މިދިޔަ އަހަރު އޭދަފުށީ ކައުންސިލުންވަނީ މިރަށު އުތުރުފަރާތު ބަނދަރު ސަރަހައްދުން ބީއެމްއެލް އަށް ބިމެއް ދޭން ނިންމައިފަ އެވެ.

ނަމަވެސް އީޓީއަށް އެނގިފައިވާ ގޮތުގައި ކަންމުޑިޖަހައި އިން ވަކިކޮށްފައިވާ އެ ބިން އަދިވެސް ބީއެމްއެލް އާ ހަވާލެއް ނުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.