ބ. އަތޮޅު ކައުންސިލަށް ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް މީހަކު ހޯދަނީ

ބ. އަތޮޅު ކައުންސިލް އިދާރާ
ބ. އަތޮޅު ކައުންސިލް އިދާރާ

 

ބ. އަތޮޅު ކައުންސިލު އިދާރާއަށް ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއް ގައި ބުނެފައިވާ ގޮތުގައި ވަނީ އެ މަގާމަށް ކުރިމަތިލެވޭނީ އެންމެ ދަށްވެގެން ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. އޮނިގަނޑު ލެވެލް 8 ގެ ސަނަދެއްނަމަ ދެ އަހަރުގެ ތަޖުރިބާ ލިބިފައި ހުންނަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އެ މަގާމުގެ މުސާރައިގެ ގޮތުގައި ހަމަޖައްސާފައި ވަނީ -/13،890ރ. އެވެ. އަދި ސާވިސް އެލަވަންސް ގެ ގޮތުގައި މަހަކު 2000ރ. އާއި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އިއުލާނުގައިވާ ގޮތުން ޑިރެކްޓަރު ޖެނެރަލުގެ މަސްއޫލިއްޔަތަކީ ޒިންމާދާރުވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހާ ކަންތައްތައް ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެމަތިން ބެލެހެއްޓުމާއި، ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފުންގެ ކައުންސިލުގެ އެންމެހޭ ކަންކަމާއި ގުޅޭ ގޮތުން ދިރާސާކޮށް ކައުންސިލަށާއި ކައުންސިލުގެ ރައީސަށް އަރުވަންޖެހޭ ލަފާ އެރުވުމާއި ކައުންސިލު އިދާރާ ހިންގުމެވެ. އަދި ކައުންސިލުން ނިންމާ އެންމެހާ އިދާރީ ކަންކަން ބެލެހެއްޓުމާއި ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގައި އެ ކަންތައްތައް ކައުންސިލުގެ މުވައްޒަފުން މެދުވެރިކޮށް ކުރިއަށް ގެންދިއުންވެސް ހިމެނެ އެވެ.

އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 14 މޭ 2015 ގެ 2:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ.

ވޭތުވެދިޔަ ދެ އަހަރު ތެރޭވެސް 4 ފަހަރެއްގެ މަތިން މި ވަޒީފާއަށް މީހަކު ހޯދުމަށް އިއުލާން ކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Ali Ahmed

    އެ އިދާރާއަކުން އެ ވަޒީފާ ލިބޭނެ ކަމަކަށް ބަލައިގެން ނުވާނެ…..ސިޓީ ލިޔަސް ސިޓީ ތަކަށް ވާ ގޮތެއް ނޭންގޭ ސިޓީތައް ވަތްގަނޑުގަ ބަހައްޓައިގެން ބުނަނީ ސިޓީ ނުލައޭ،،ސިވިލްސަރވިސް މީހަކު ހޮވިގެން ނެއްލަން ބުންޏަސް އެއަށްވެސް ވާގޮތެއް ނޭންގޭ ، ކިޔަވައިގެން ހުއްޓަސް އެ ވަޒީފާއެއް ނުލިބޭނެ ، ވަކި މީހަކު ބޭނުމެއް ނުވޭ އެބޭފުޅާގެ މައްޗަށް އިތުރު މީހަކު އަންނާކަށް ،

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.