އޭދަފުށީގައި ބިއުޓީ ތެރަޕީ ވޯކްޝްޕެއް ފަށަނީ

timthumb (1)

އައްޑު އަތޮޅު ހިތަދޫގައި ހިންގަމުން އަންނަ ތާނިޔާ ބިއުޓީ ސެލޫން އިން ބ. އޭދަފުށީގައި ބިއުޓީ ތެރަޕީގެ ވޯކްޝޮޕެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ތާނިޔާ ސެލޫންގެ ސީއީއޯ ރޯޒީ ޝަރީފް ވިދާޅުވީ ގޮތުގައި މޭ 19-30 ގެ ނިޔަލަށް އޭދަފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތަކަށް މިމަހުގެ 18 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅިވާލައިފަ އެވެ. މި ވޯކްޝޮޕްގައި ބައިވެރިވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.

ރޯޒީ ވިދާޅުވީ ބ. އަތޮޅުގެ ހުރިހާ ރަށަކުންވެސް މި ވޯކްޝޮޕުގައި ބައިވެރިވުުގެ ފުރުސަތު އޮންނާނެ ކަމަށާއި ވޯކް ޝޮޕް ކުރިއަށްގެންދާނީ ބައިވެރިންނަށް ފަސޭހަ ގަޑިތަކެއްގަ ކަމަށެވެ. އިތުރު މައުލޫމާތު ހޯދުމަށް ތާނިޔާ ސެލޫންގެ ހޮޓްލައިން 9998028 އާ ގުޅުމަށް އެ ސެލޫން އިން އެދެއެވެ.

ތާނިޔާ ސެލޫނުން ބުނީ މި ވޯކްޝޮޕްގެ އެންމެ ރަނގަޅު ތިން ބައިވެރިއަކަށް ތާނިޔާ ސެލޫންގެ ފަރާތުން އޭދަފުށީގައި ހުޅުވާ ސެލޫންގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެވެނޭ ކަމަށެވެ. އަދި އެ ތިން ބައިވެރިންނަށް މި ދެ ސެލޫންގައި އިތުރު ތަމްރީން ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަންހެނުންނަށް ހިދުމަތްދިނުމަށް ޚާއްސަކޮށްގެން ސ. ހިތަދޫގައި ހިންގަމުން އަންނަ ތާނިޔާ ސެލޫންއިން ފޭޝަލް ހަދައިދިނުމާއި އެކިވައްތަރުގެ ހެއާ ޓްރީޓްމަންޓް ދިނުމުގެ އިތުރުން އަތާއި ފައިގެ އިނގިލިތަކަށް ފަރުވާދީ ރީތި ކޮށްދެ އެވެ. މީގެ އިތުރުން ކުޑަކުދިންނާ ބޮޑެތި މީހުންގެ ބޯކޮށައި ދިނުމުގެ ޚިދުމަތްވެސް އެ ސެލޫން އިން ދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.