ޒުވާނުންގެ ކްލަބުން 10،000ރ، ގެ އިނާމާ އެކު ބަށި މުބާރާތެއް ބާއްވަނީ

މިދިޔަ ފިތުރު އީދު ދުވަހު ބަށި ކުޅެނީ: އަންނަ ފިތުރު އީދު ގައިވެސް އޭދަފުއްޓަށް ހުލުވާލައިގެން ބަށި މުބާރާތެއް ބޭއްވުމަށްދަނީ ތައްޔާރުވަމުން
މިދިޔަ ފިތުރު އީދު ދުވަހު ބަށި ކުޅެނީ: އަންނަ ފިތުރު އީދު ގައިވެސް އޭދަފުއްޓަށް ހުލުވާލައިގެން ބަށި މުބާރާތެއް ބޭއްވުމަށްދަނީ ތައްޔާރުވަމުން

 

ބ. އޭދަފުށީ ޒުވާނުންގެ ކްލަބުން އަންނަ ފިތުރު އީދު ބަންދާ ދިމާކޮށް މުޅި ރަށަށް ހުޅުވާލައިގެން ބަށި މުބާރާތެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އޭދަފުށީ ޒުވާނުންގެ ކްލަބުން ޖެނެރަލް ސެކްރެޓަރީ މުހައްމަދު އަފްލަހު ވިދާޅުވީ މުބާރާތުން އެއްވަނަ އަށް ދާ ޓީމަކަށް 10،000 ރުފިޔާ އަދި ދެވަނަ ޓީމަކަށް 5،000 ރުފިޔާ ހުށަހަޅާފައިވާ ކަމަށެވެ. އަދި މުބާރާތުގެ ރާނީ އަށް ޓްރޮފީއެއްގެ އިތުރުން ކްލަބޯ ދެކޮޅު ޓިކެޓު ވެސް ލިބެ އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ޒުވާނުންގެ ކްލަބުން ބުންޏެވެ.

“މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް ކުރިއެރުވުން. އާއްމުކޮށް އަންހެން ކަނބަލުންތަކަށް މިފަދަ ބޮޑެތި މުބާރާތްތަކެއް އިންތިޒާމެއް ނުކުރޭ. އެހެންވެ މި ކްލަބުން މުބާރާތް ބާއްވަނީ،” އަފްލަހު ބުންޏެވެ.

ޒުވާނުންގެ ކަލްބުން ބުނީ މި މުބާރާތުގެ ތަރުހީބަށް ބެލުމަށްފަހު ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެ ކަލްބުން ވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން އަންނަ ބޮޑުއީދު ބަންދުގައި އޭދަފުށީގައި ބައިލައްކަ ރުފިޔާއަށްވުރެ އަގުބޮޑު ފުޓްބޯޅަ މުބާރާތެއްވެސް ބާއްވަން އިއުލާން ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.