ވަޒަން ނާރާ މާއްދާ އަށް ވުރެ ބާރުގަދަ މަކުނުވަލެއް

"ޑެޑީ ލޯންގް ލެގްސް"
“ޑެޑީ ލޯންގް ލެގްސް”

ބައެއް ފައިދިގުމަކުނު ފުރާ މަކުނުވާ ދަގަނޑަށް ވުރެ ފަސް ގުނަ ބާރުގަދައެވެ. އަދި ބައެއް މަކުނުވާ ތޫފާނުގައި އަންނަ ގަދަ ވައިރޯޅިތަކަށް ވެސް ކެތްކޮށްލައެވެ.

އިޓަލީގެ ޓްރެންޓޯ ޔުނިވާސިޓީގެ ސައިންސްވެރިއެއް ކަމަށްވާ އެމިލިއާނޯ ލެޕޯ ވަނީ ދާދި ފަހުން ތަހުލީލެއްގައި “ސިލްކް ސްޕައިޑާ”ގެ ބާވަތެއް ކަމަށްވާ “ޑެޑީ ލޯންގް ލެގްސް” ކިޔާ ބާވަތެއްގެ ފައިދިގުމަކުނުތަކެއް (ފޮޓޯގައި)ގެ ހަށިގަނޑަށް ގްރެފީން މާއްދާކޮޅަކާއި ކާބަން ނެނޮޓިއުބް މޮލެކިއުލްކޮޅެއް ޖަހައިފައެވެ. އަދި މީގެ ސަބަބުން އެ މަކުނުތައް ފުރި މަކުނުވާ، ވަޒަން ނާރާ ނުވަތަ “ބުލެޓް ޕްރޫފް” މާއްދާ އާއި އަދި ދުއްވާ އެއްޗެހީގެ ފުރޮޅު އުފައްދާ “ކެވްލާ” ނަމަކަށް ކިޔާ ފައިބަރަށް ވުރެ ވެސް ވަރުގަދަ ކަމަށް ވަނީ ހާމަވެފައެވެ.

“ސްޕައިޑާ-މޭން” ފިލްމްތަކާއި ކޮމިކްތަކުގައި ވެސް ފެންނަނީ ފައިދިގުމަކުނަށް ޖެނެޓިކް ބަދަލު ގެނެސްގެން ކުރާ ތަހުލީލެއްގެ ސަބަބުން ހިނގާ ހާދިސާތަކެކެވެ. ނަމަވެސް އެމިލިއާނޯ ވިދާޅުވީ ފައިދިގުމަކުނުތަކުގެ ހަށިގަނޑަށް ގްރެފީން އާއި ކާބަން ނެނޮޓިއުބް ޖެހުމުން އެ މަކުނުތައް ފުރި މަކުނުވާތައް އެހާ ބާރުގަދަ ވީ ކީއްވެކަން އަދި ހާމަ ނުވާ ކަމަށެވެ. އެހެންކަމުން މި ދެ މާއްދާ މަކުނުވާތަކުގައި ހިމެނުނު ގޮތް ހޯދަން އިތުރު ތަހުލީލެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.