އޭދަފުށީ ކޭބަލް ނެޓްވޯކުން މިއަދުން ފެށިގެން ޖުލައި 31 އާ ހަމައަށް ކޭބަލް ކަނެކްޝަން ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އޭދަފުށީ ކޭބަލް ނެޓްވޯކުން ބުނި ގޮތުގައި “ރޯދަ ޕްރޮމޯޝަން” ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އަލަށް ކޭބަލް ގުޅަން ބޭނުންވާ ފަރާތްތަކަށް ހިލޭ ކަނެކްޝަން ގުޅައިދިނުމުގެ އިތުރުން ދެ މަހުގެ ފީވެސް ދައްކަވަން ނުޖެހޭނެ އެވެ.
“މި ކުންފުނީގެ ފަރާތުން 2015 ރޯދަ ޕްރޮމޯޝަން ގައި އަލަށް ކޭބަލް ލައްވާ ފަރާތްތަކަށް މުޅިން ހިލޭ ގުޅައިދިނުން. އަދި 2 މަހުގެ މަހު ފީ ވެސް މުޅިން ހިލޭ. އަދި ކުއްޔަށް އުޅުއްވާ ފަރާތްތަކަށް ކޭބަލް އަޅައިދިނުން މުޅިން ހިލޭ،” އޭދަފުށީ ކޭބަލް ނެޓްވޯކުން ކޮށްފައިވާ އިސްތިހާރެއްގައި ވެ އެވެ.
ކަނެކްޝަން މުޅިން ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް އޭދަފުށީ ކޭބަލް ނެޓްވޯކުން ފަަށާފައި ވާއިރު، މިދިޔަ އަހަރު ފަހުކޮޅު އެ ކުންފުނިން ވަނީ ސެޓް ލިންކު މެދުވެރިކޮށް މިރަށަށް ވައިފައި އިންޓަނެޓްގެ ހިދުމަތް ދޭން ފަށައިފަ އެެވެ.