ނޯތު ޕޮލިސްގައި މަސައްކަތް ކުރާ 14 ފުލުހަކަށް ޕްރޮމޯޝަން ދީފި

ފުލުހުންގެ 82 ވަނަ އަހަރީ ދުވަހުގެ ދިދަ ނަގަން އޭދަފުށީގައި ބޭއްވި ރަސްމިއްޔާތު - އީޓީ ފޮޓޯ: ޒަޔާން ޒާހިރު
ފުލުހުންގެ 82 ވަނަ އަހަރީ ދުވަހުގެ ދިދަ ނަގަން އޭދަފުށީގައި ބޭއްވި ރަސްމިއްޔާތު – އީޓީ ފޮޓޯ: ޒަޔާން ޒާހިރު

 

ނ، ރ، ބ އަދި ޅ. އަތޮޅު ހިމެނޭ ނޯތު ޕޮލިސް ޑިވިސަންގައި މަސައްކަތްކުރާ 14 ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފި އެވެ.

އޭދަފުށީ މަލްޓީޕާޕަސް ހޯލުގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައި މަގާމުގެ ކުރިއެރުން ދިން ފުލުހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހެޑް އޮފް ނޯތް ރީޖަން، އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ ނަސީރު އެވެ.

މަގާމުގެ ކުރިއެރުން މިއަދު ދިން ފުލުހުންގެ ތެރޭގައި ހިމެނެނީ ޕޮލިސް ކޯޕްރަލްގެ މަގާމުން ޕޮލިސް ސާޖެންޓްގެ މަގާމަށް ބަދަލުވި ފުލުހުންނާއި ޕޮލިސް ކޮންސްޓަބަލްގެ މަގާމުން ޕޮލިސް ލާންސް ކޯޕްރަލްގެ މަގާމަށް ބަދަލުވި ފުލުހުންނެވެ.  މީގެ ތެރެއިން އޭދަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ދެ ފުލުހަކަށް ވަނީ މަގާމުގެ ކުރިއެރުން ލިބިފަ އެވެ.

ޝަރުތު ހަމަވާ އަދި އަހުލާގީ މައްސަލައެއް ނޫޅޭ ކޮންމެ ފުލުހަކަށް ވެސް ކޮންމެ އަހަރަކު ވެސް މަގާމުގެ ކުރިއެރުން ލިބެއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. baa

    ޕްރޮމޯޝަނާއި ފްލެޓާއި ލިބެންވީ އެއް ބަޔަކަށްތަ..ކޮބާ އެހެން މުއައްސަސާތަކުގައި މަސައްކަތް ކުރާމީހުން..އެމީހުން އޮފީހުގައި ނިދަނީ ދޯ..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.