އުރީދުއިން ދޭ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އާ ޓެކްނޮލޮޖީއެއް ކަމަށްވާ “އީޒީ މެކްރޯ” އެ ކުންފުނިން މިއަދު ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
އުރީދޫން އެކުންފުނީގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އައު ޓެކްނޮލޮޖީއެއް ކަމަށްވާ “އީޒީ މެކްރޯ” ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
އުރީދޫއިން ބުނި ގޮތުގައި ދިވެހިރާއްޖެ އާއި ދެކުނު އޭޝިއާއަށްވެސް މުޅިން އަލަށް ތައާރަފު ކުރެވުނު މި ޓެކްނޮލޮޖީ އަކީ ލުއި ފަސޭހަ އަދި ގިނަ ބަޔަކަށް އެއްފަހަރާ ދިނުމުގެ ގާބިލްކަން ލިބިފައިވާ، ޚިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަ ކޮށްދޭ ޓެކްނޮލޮޖީ އެކެވެ.
“އީޒީ މެކްރޯ” އަކީ ތިމާވެއްޓާއި ރަށްޓެހި ޒީރޯ ކާބަން ފުޓް ޕްރިންޓް ޑިވައިސްއެކެވެ. މި ޑިވައިސްގެ ސަބަބުން މީހުން ގިނަ ސަރަޙައްދުތަކުގަ އާއި ޚިދުމަތް ގިނައިން ބޭނުންކުރާ ގަޑިތަކުގައި ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
އީޒީ މެކްރޯ ޑިވައިސްގެ ސަބަބުން އިމާރާތުގެ އެތެރޭގައި ދިމާވާ ނެޓްވޯކްގެ މައްސަލަތަކަށް ލުޔެއް ލިބި، ޑޭޓާ އާއި ވޮއިސް ޚިދުމަތްތަކުގެ ފެންވަރު ތްރީޖީ ޕްލަސް އާއި ފޯޖީ ޕްލަސް ނެޓްވޯކްތަކުގައި ފުރިހަމަވެގެންދާނެ ކަމަށްވެސް އުރީދޫން މައުލޫމާތުދެ އެވެ.
އުރީދޫ އަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖޭގައި މި ޓެކްނޮލޮޖީ ތައާރަފް ކުރި ކުންފުންޏެވެ.