މާޒިޔާ އަތުން ބަލިވެ އޭދަފުށީގެ އަމިއްލަ ބާރު ގެއްލިފައި

އޭދަފުށީގެ ގޯލްކީޕަރު (މ) ބޯޅަ ސާފުކޮށްލާއިރު މާޒިޔާގެ ކުޅުންތެރިއެއް (ކ) އާއި އޭދަފުށީގެ ކުޅުންތެރިން ބޯޅަ ހޯދަން މަސައްކަތްކުރަނީ. — ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

 

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ގުރޫޕް އެކެއްގައި މިއަދު ހަވީރު މާޒިޔާ އަތުން 2-1 އިން ބަލިވުމުން އޭދަފުއްޓަށްވަނީ ކުއާޓާގެ އުއްމީދު ކުޑަވެފަ އެވެ.

މިއަދުގެ މެޗުން މޮޅުވުމުން މާޒިޔާ ވަނީ ހަތް ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. މި ގުރޫޕުން ކުއާޓާ އަށް ހޮވޭނެ ދެވަނަ ޓީމެއް މާދަމާ ވީބީ އައްޑޫ އެފްސީ އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ބައްދަލުކުރާ މެޗަށްފަހު ކަނޑައެޅޭނެ އެވެ. އޭދަފުއްޓަށް އޮތް ހަމައެކަނި އުންމީދަކީ ތިން ގުރޫޕުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމުގެ ތެރޭގައި ހިމެނުމެވެ.

އޭދަފުއްޓާ މާޒިޔާ މިއަދު ބައްދަލުކުރި މެޗުގައި މާޒިޔާ އިންފުރަތަމަ ލީޑްނެގީ ފުރަތަމަ ހާފު ނިމެނިކޮށް އެ ޓީމުގެ ގުރެއިޝް އަބްދުލް ރައްޒާގް ޖެހި ލަނޑުންނެވެ. ދެވަނަ ހާފު ފެށިގެން ދިހަ ވަރަކަށް މިނިޓުގެ ފަހުން ލިބުނު ހިލޭ ޖެހުމެއްގެ އެހީގައި އޭދަފުށީގެ ފާތީން ހާލިދު ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މާޒިޔާ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ފަހު ހާފުގައި އެ ޓީމުގެ މުހައްމަދު ފަލާހު އެވެ.

މި ގުރޫޕުގައި ހިމެނޭ އޭދަފުއްޓަށާއި އައްޑޫ އެފްސީއަށް ތިން ޕޮއިންޓް ލިބިފައިވާއިރު އޭވައިއެލް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މި ނަތީޖާ އާއެކު އޭދަފުއްޓަށްވަނީ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމެންދެން ކުއާޓާގެ ޖާގައަކަށް އިންތިޒާރު ކުރަން ޖެހިފައެވެ. ގުރޫޕް ތަކުގެ އެއްވަނަ ދެވަނައިގެ އިތުރުން ދެން ކުއާޓާއިން ޖާގަ ލިބޭނީ ކޮންމެ ގުރޫޕަކުން ވެސް ތިން ވަނައަށް ދާ ތިން ޓީމުންކުރެ އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓިމަކަށެވެ.

 

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.