އުރީދޫގެ ހިދުމަތްތަކަށް ހާއްސަ މޮބައިލް އެޕެއް

އާޓް ގެލެރީގައި ރޭ ބޭއްވި ހަފުލާގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ "މައި އުރީދޫ އެޕް" ލޯންޗުކޮށްދެއްވަނީ.-- ހަވީރު ފޮޓޯ: ނިޝާން އަލީ
އާޓް ގެލެރީގައި ރޭ ބޭއްވި ހަފުލާގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ “މައި އުރީދޫ އެޕް” ލޯންޗުކޮށްދެއްވަނީ.– ހަވީރު ފޮޓޯ: ނިޝާން އަލީ

 

އުރީދޫ އިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ސްމާޓްފޯނުތަކުން ފަސޭހަ އިން ހޯދޭނެ މަގުފަހިކޮށްދިނުމަށް ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

އާޓް ގެލެރީގައި ރޭ ބޭއްވި ހަފްލާއެއްގައި “މައި އުރީދޫ އެޕް” ލޯންޗުކޮށްދެއްވީ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ އެވެ. އޭނާ ވިދާޅުވީ މި އެޕްލިކޭޝަން ތައާރަފްކޮށްފައި ވަނީ ދިވެހިންނަކީ ސްމާޓްފޯނު ބޭނުންކުރާ އަދި އެންމެ ފަހުގެ ޓެކްނޮލޮޖީ އަށް ލޯބިކުރާ ބަޔަކަށް ވާތީ ކަމަށެވެ.

ކަސްޓަމަރުން ބޭނުންވާ ކަންތައްތަކަށް ބެލުމަށް ފަހު، ހިދުމަތް ހޯދުމަށް ފަސޭހަ ވާނެ ގޮތަށް ޑިވެލޮޕްކޮށްފައިވާ މި އެޕް އެޕަލްގެ އެޕް ސްޓޯރުންނާއި އެންޑްރޮއިޑް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑު ކުރެވެ އެވެ.

އަދި މި އެޕްލިކޭޝަނުން އުރީދޫގެ ބިލުތަކަށް ފައިސާ ދެއްކުމުގެ އިތުރަށް، ޕްރިޕެއިޑް ފޯނުތައް ރިޗާޖުކޮށް އަދި ރާސްޓަސް ވެސް ކުރެވޭނެ އެވެ. މީގެ އިތުރުން، ޑޭޓާ ޕެކޭޖު ނެގުމާއި ހިލޭ ގުޅޭ ނަންބަރު ސެޓްކުރުމާއި ‘ރީތިޓިއުންސް’ އެކްޓިވޭޓްކުރުމާއި އުރީދޫގެ އެންމެ ފަހުގެ ޕްރޮމޯޝަންތަކުގެ މައުލޫމާތު ހޯދުމަކީ ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ފަސޭހަތަކެވެ.

އުރީދޫން ބުނި ގޮތުގައި މި އެޕްލިކޭޝަން މެދުވެރިކޮށް ކުރާ ކޮންމެ 50ރ. އަށް ވުރެ މަތީގެ ރީޗާޖަކަށް 10 ޕަސެންޓުގެ ބޯނަސް ކްރެޑިޓް ލިބޭނެ އެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ ހިލޭ ގުޅޭ މިނިޓުގެ އަދަދު، މި އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދެއްކުމުން 10 ޕަސެންޓް އިތުރު ވާނެ ކަމަށާއި ޑޭޓާ ޕެކޭޖު އެކްޓިވޭޓް ކުރުމުން 10 ޕަސެންޓު އިތުރަށް ހިލޭ ޑޭޓާ ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއީ ރާއްޖޭގައި ތައާރަފްކުރެވުނު ފުރަތަމަ ސެލްފްކެއަރ އެޕެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.