ފޭސްބުކް މެދުވެރިކޮށް ދިރާގު ބިލް ދައްކައި ރިލޯޑް ކުރެވޭގޮތް ހަދައިފި

ދިރާގުގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަ އިމްޖާދު ޖަލީލު އަދި އޮންލައިން މާކެޓިން އެގްޒެކެޓިވް އިބްރާހިމް ސޮބާހް ވާހަކަދައްކަވަނީ.-- ފޮޓޯ: ދިރާގު
ދިރާގުގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަ އިމްޖާދު ޖަލީލު އަދި އޮންލައިން މާކެޓިން އެގްޒެކެޓިވް އިބްރާހިމް ސޮބާހް ވާހަކަދައްކަވަނީ.– ފޮޓޯ: ދިރާގު

 

 

ދިވެހިންގެ ތެރޭގައިން އެންމެ މަގުބޫލް ސޯޝަލް މީޑިއާ ކަމަށްވާ ފޭސްބުކް މެދުވެރިކޮށް ދިރާގުގެ ބިލްތަކަށް ފައިސާ ދެއްކުމާއި ރިލޯޑު ކުރުމުގެ ހިދުމަތް އެ ކުންފުނިން ތައާރަފްކޮށްފި އެވެ.

ދިރާގުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ފޭސްބުކު ޕޭޖް މެދުވެރިކޮށް މިހާރު ފަސޭހަކަމާއި އެކު ދިރާގު ޕޯސްޓްޕެއިޑް މޯބައިލު ބިލާއި، އޭޑީއެސް.އެސް.އެލް އިންޓަނެޓު ބިލާއި، ފިކްސްޑްލައިން ބިލާއި އަދިވެސް އެނޫންވެސް ދިރާގުގެ ބިލުތަކަށް ވަގުތުން ފައިސާ ދެއްކުމުގެ އިތުރަށް، ރީލޯޑް ވެސް ކުރެވޭނެ ކަމަށެވެ.

އަދި އެހެން މީހެއްގެ ނަމުގައި ނަގާފައިވާ ހިދުމަތަކަށް ވެސް، އެކައުންޓް ނަންބަރު ޖެހުމުން ފައިސާ ދެއްކޭނެ ކަމަށާއި ބަންދު ދުވަސްތަކުގައި ވެސް ފައިސާ ދެއްކުމުން ވަގުތުން ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފޭސްބުކް ނޫން އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށް ދިރާގުން މިފަދަ ޒަމާނީ ހިދުމަތްތައް ފޯރުކޮށް ދިނުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މިއީ ރާއްޖޭގައި މިފަދަ ހިދުމަތްތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޯރުކޮށް ދެވޭ ފުރަތަމަ ފަހަރުކަން ވެސް ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ މައި ކުންފުނިން ބުންޏެވެ.

ކަސްޓަމަރުންނަށް މި ހިދުމަތް ފޯރުކޮށް ދިނުމަށް، ދިރާގުގެ ފޭސްބުކް ޕޭޖުގައި މިހާރު ވަނީ “ޕްރިޕެއިޑް ޓޮޕްއަޕް” އަދި “ބިލް ޕޭ” ގެ ނަމުގައި ދެ ޓެބް ގާއިމްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.