ފަސްމުގޫ ރޯދަ ސޭލް ފަށައިފި

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އޭދަފުށީ ފަސްމުގޫ ފްރޫޕުން ކުރިއަށްގެންދާ “ރަމަޟާން ސޭލް” ފަށައިފި އެވެ.

މި ސޭލް، މިއަދުން ފެށިގެން އަންނަ މެއި މަހުގެ 31ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

މި ސޭލްގައި ފަސްމުގޫ އަދި ފަސްމުގޫ ބިލްޑްވެއާއިން 200ރ. އަށް ވުރެ މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ކޫޕަންތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދިހަ ކޫޕަނެއްގެ ވެރިންނަށް، އަގުހުރި އިނާމުތަކެއް ލިބޭނެ އެވެ.

ރޯދަ ސޭލުގެ އެއްވަނަ އިނާމަކީ 15،000ރ. އެވެ. ދެވަނަ އިނާމަކީ10،000ރ އަދި ތިންވަނަ އިނާމަކަށް ދޭން ކަނޑައަޅާފައިވަނީ 5000ރ. އެވެ. މީގެ އިތުރުން ހަތް މީހަކު ހޮވައި ކޮންމެ މީހަކަށް އަގުހުރި ތަފާތު ތަކެތި ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ލިބޭނެ ކަމަށް ފަސްމުގޫން ބުންޏެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހަށް ހާއްސަ ސޭލެއް ފަސްމޫގު ގްރޫޕުން ހިންގަނީ އަތޮޅުގެ ރައްޔިތުންނަށް އަގުހެޔޮކޮށް ރޯދައަށް ގެއަށް ބޭނުންވާ ސާމާނު ގަތުމުގެ ފުރުސަތު ހޯދައި ދިނުމަށެވެ. އެ ފިހާރަތަކުން ވިއްކާ ބައެއް ސާމާނުގެ ތެރޭގައި ބަދިގެ އާއި ގޭތެރެއަށް ބޭނުންވާ ސާމާނު ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.