ފުޅަފި މަތިން ފުއްމާ ރޮބޮޓް ބުޅަލެއް އުފައްދައިފި

robot_cheetah_jumping

އެއްޗެހި މަތިން ފުއްމާލުމުގެ ގާބިލިއްޔަތު ލިބިފައިވާ ރޮބޮޓެއް ފުރަތަމަ ފަހަރަށް އީޖާދު ކޮށްފިއެވެ.

އެމެރިކާގެ މަސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ)އިން އުފެއްދި އުފެއްދި ހަތަރު ފައި ލީ ރޮބޮޓަކީ ބޮޑެތި ބުޅަލުގެ ބާވަތްތަކުގެ ތެރެއިން ޗީޓާ ނަމަކަށް ކިޔާ ބާވަތެއްގެ ބުޅަލެއްގައި ހުރި ސިފަތަކަށް ބައްޓަން ކޮށްފައިވާ ބުޅަލެކެވެ.

ތިރީގައިވާ ވީޑިއޯއިން ފެންނަ ފަދައިން ކުރިމަތިން ހުރަހެއް ދިމާވުމުން އެއްވެސް އެއްޗެއްގެ އެހީއާ ނުލާ ވެސް މި ރޮބޮޓް ޗީޓާ އެ އެއްޗެއްގެ މަތިން ފުންމާލައެވެ:

އެމް.އައި.ޓީގެ އެސިސްޓެންޓް ޕްރޮފެސަރ ސަންގްބާއީ ކިމް ވިދާޅުވީ “ދުވަމުން ގޮސް ފުއްމާލުމަކީ” މި ގޮތަށް ހަކަތަ އާއި ބެލެންސް ހިފެހެއްޓުމާއި އަދި ފުއްމާލުމަށް ފަހު ބިންމަތީގައި ޖެހިފައި އަލުން ބެލެންސް ހިފެހެއްޓުމަކީ ވެސް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

މި ރޮބޮޓް ޗީޓާ އަށް އެއްޗެހި މަތިން ފުއްމާލެވެނީ ލޭޒާގެ އަލީގައި އެ އެއްޗަށް ތަންތަން “ފެނުމުގެ” އިތުރުން ކުރިމަތިން އޮންނަ ނުވަތަ އަންނަ އެއްޗެހީގެ ދުރުމިން ފަދަ ކަންކަން “އަލްގޯރިދަމް”އެއްގެ އެހީގައި އަމިއްލައަށް “އަންދާޒާ”ކޮށް އެ ރޮބޮޓްގެ ހަރަކާތްތައް އެ ގޮތަށް ބަހައްޓައިގެންނެވެ.

މި ރޮބޮޓް އުފައްދާފައިވަނީ ދިފާއީ ބޭނުންތަކަށެވެ. އެއީ ޑިފެންސް އެޑްވާންސްޑް ރިސާޗް ޕްރޮޖެކްޓްސް އެޖެންސީ (ޑީ.އޭ.އާރް.ޕީ.އޭ) އިން ފައިސާގެ ހިއްސާ ވެގެންނެވެ.

މި އެޖެންސީ ފަންޑު ކޮށްގެން 2012 ގައި ހެދި ރޮބޮޓް ޗީޓާއެއް ވަނީ އިންސާނެއްގެ އެންމެ އަވަސް ދުވެލީގެ ރެކޯޑް މުގުރާލައިފައެވެ. އެއީ 2009 ވަނަ އަހަރު އުސައިން ބޯލްޓް ގާއިމު ކުރި ގަޑިއަކު 27.78 މޭލުގެ ބާރު މިން ފަހަނަޅާ، ގަޑިއަކު 28.3 މޭލު ސްޕީޑްގައި ދުވެގެންނެވެ. އޭގެ ކުރިން އެ ރޮބޮޓް ޗީޓާ ވަނީ ސިޑިން އަރަން ވެސް “ދަސްކޮށްފަ”އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.