އަދާލަތު ޕާޓީގެ ހާއްސަ ޖަލްސާއެއް މިރޭ އޭދަފުށީގައި

 

އަދާލަތު ޕާޓީ ޚާއްސަ ޖަލްސާއެއް  މިރޭ  އޭދަފުށީގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޖަލްސާ އޮންނާނީ އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލްގައި ކަމަށް އަދާލަތީ  ޕާޓީގެ ޓީމާއެކު އޭދަފުއްޓަށް ވަޑައިގެން އުޅުއްވާ އޮފިޝަލަކު އީޓީއަށް ވިދާޅުވި އެވެ.

މެމްބަރުން އިތުރު ކުރުމަށް އަދާލާތު ޕާޓީން ބ. އަތޮލަށް ކުރާ ދަތުރުގައި އެ ޕާޓީގެ ރައީސް އިމްރާމް އަބްދުﷲ އާއި ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް ޢިލްޔާސް ޙުސައިން އާއި ޒުވާނުންގެ ގޮފީގެ ރައީސް އަލީ ރަޝީދުގެ އިތުރުން ޕާޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އޮފިޝަލު ވިދާޅުވީ އަދާލަތު ޕާތީގެ ޓީމު އިއްޔެ މިއަތޮޅަށް ވަޑައިގެން ކިހާދޫ، ދަރަވަންދޫ، ކެންދޫ ހިތާދޫ އަދި ތުޅާދޫ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ ރަށްރަށުން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ޓީމު މިއަދު ބ. ތުޅާދު އަށް ދިއުމުން އެރަށަށް އެރިޔަ ނުދޭން އެމްޑީޕީގެ މެމްބަރުންވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުންގެ ހުރަސްއެޅުންތަކާ އެކު ވެސް ތުޅާދޫގައި އެ ޕާޓީ އަށް މީހުން ވެއްދުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.

 އަދާލަތު ޕާޓީގެ ދަތުރު ނިންމާލުމަށް ފަހު، އެ ޕާޓީގެ ޓީމު މިއަތޮޅުން ފުރާނީ މާދަމާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.