އުރީދޫއިން “އުރީދޫ ކްލަބް ޕްރިމިއާ” ތައާރަފް ކޮށްފި

އުރީދޫ ކްލަބް ޕްރިމިއަރ ރިވޯޑް ސްކީމް ތައާރަފްކުރަނީ
އުރީދޫ ކްލަބް ޕްރިމިއަރ ރިވޯޑް ސްކީމް ތައާރަފްކުރަނީ

 

 

އުރީދޫ މޯލްޑިވްސްގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ވަރަށް ހާއްސަ ރިވޯޑް ސްކީމެއް ކަމަށްވާ “އުރީދޫ ކްލަބް ޕްރިމިއާ” ރޭ ތައާރަފް ކޮށްފި އެވެ.

މި ހިދުމަތަކީ އުރީދޫގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް ޝުކުރުއަދާކުރުމުގެ ގޮތުން އަތާރަފް ކުރެވުނު ހިދުމަތެއް ކަމަށާއި އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް ލިބިގެންދާ ހާއްސަ ކާޑު މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކުގެ ވަރަށް ފުރިހަމަ އިނާޔަތްތަކާއި ޑިސްކައުންޓުތައް ލިބިގެން ދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މި ޕްރީމިއާގެ ދަށުން އުރީދޫއިން ވަނީ ދިވެހިރާއްޖޭގެ އަދި ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކާ ގުޅިގެން ފުރިހަމަ ހިދުމަތާއި ޑިސްކައުންޓްތައް އެ ކުންފުނީގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް ފޯރުކޮށްދީފަ އެވެ.

އެގޮތުން މި ޕްރިމިއާގެ މެންބަރުންނަށް ލިންކް ސާރވް، ލެކިއުޓް، ޝެލްބީން އަދި ސޮނީ ސްޕޯރޓް ފަދަ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެތައް ބްރޭންޑް ތަކުން ހުރިހާ އައިޓަމްތަކުންވެސް %15 އާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށާއި އަދި މި ބްރޭންޑް ތަކުން ހިލޭ މެންބަރޝިޕް، ރިވަރޑް ބެނެފިޓް އަދި ކުރާ ކޮންމެ ވިޔަފާރިއަކާއިއެކު ލޯޔަލްޓީ ޕޮއިންޓް ލިބުން ފަދަ އިނާޔަތްތައް ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން އުރީދޫ ކްލަބް ޕްރިިމިއާ މެދުވެރިކޮށް 120 ގައުމެއްގެ 400 ސިޓީ ވުރެ ގިނަ ހިސާބުތަކުން އެއާޕޯޓް ބިސްނަސް ލައުންޖުގެ ހިދުމަތާއި ދުނިޔޭގެ 700 ވުރެގިނަ ބިސްނަސް ލައުންޖްތަކަށް ހިލޭ ވަދެވި އެތަނުން ފޯރުކޮށްދޭ ކެއުން އިންޓަރނެޓް އަދި އެހެނިހެން މުނިފޫހި ފިލުވުމުގެ ހިދުމަތްތައް ކޮންމެ އެއާލައިނަކުން ނުވަތަ ކޮންމެ ކްލާހަކުން ދަތުރު ކުރެއްވި ކަމުގައި ވިއަސް ލިބޭނެ ކަަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫގެ އަމާޒަކީ ކްލަބް ޕްރިމިއާ މެދުވެރިކޮށްގެން އުރީދޫގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ހިދުމަތްތަކުގެ އިތުރުން އަގުހުރި އިނާޔަތްތަކެއް ދިނުންކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.