ތުޅާދޫ ސްކޫލު ދަރިވަރުންނަށް ހިންގި އަމާންވެށި ކޭމްޕް ނިންމާލައިފި

ތުޅާދޫގައި ހިންގި އަމާންވެށި ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގެތެރެއިން-- ފޮޓޯ / ޕޮލިސް
ތުޅާދޫގައި ހިންގި އަމާންވެށި ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގެތެރެއިން– ފޮޓޯ / ޕޮލިސް

 

ތަޢުލީމު ޙާޞިލްކުރަމުންދާ ފުރާވަރުގެ ދަރިވަރުންނަށް އަމާޒުކޮށް ތުތުޅާދޫގައި ހިންގި އަމާންވެށި ކޭމްޕް ނިންމައި ކޭމްޕުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ.

ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ޞާދިޤު އެވެ.

މި ކޭމްޕްގައި ތުޅާދޫ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުވަރުންގެ ތެރެއިން ގުރޭޑް 8 ން މަތީގެ 81 ދަރިވަރުން ބައިވެރިވި އެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނާ ތުޅާދޫ ޕޮލިސް ސްޓޭޝަނާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ތުޅާދޫ ސްކޫލުގައި ހިންގި މިކޭމްޕުގައި ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ފުލުހުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އެގޮތުން ޖިނާއީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާ ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ޒުވާނުްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ކޭމްޕުގެ ބައިވެރިންނަށް ވަނީ އޮޅުންފިލުވައިދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.  މީގެ އިތުރުން ދިރިއުޅުމުގައި މަދްރަސީ ތަޢުލީމުގެ ތެރެއިން ލިބިގަތުމުގައި އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް ވަނީ މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

“އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި، އަމިއްލަ ސާފުތާހިރުކަމާ ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދީ، ޖިނާޢީ ކުށްތައް ކުރުމުން ޢަމަލުކުރެވެމުންދާ ގޮތުގެ މަޢުލޫމާތު ވަނީ ކޭމްޕުގެ ބައިވެރިންނަށް ދެވިފައެވެ. މީގެ އިތުރުން ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާ އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ހަނގާކުރުމުގެ ނުރައްކަލާ ހަނގާ ކުރުމުން ލިބޭ ގެއްލުމާ އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ވަނީ މިކޭމްޕުގައި ދީފައެވެ،” ފުލުުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އަމާންވެށި ކޭމްޕް ނިންމުމުގެ ގޮތުން ތުޅާދޫ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤުގެ އިތުރުން ނޯތު ޕޮލިސް ޑިވިޜަން ކޮމާންޑަރު އިންސްޕެކްޓަރު އޮފް ޕޮލިސް ޢަބްދުﷲ ނަޞީރު އާއި ބ. އަތޮޅު ކޮމާންޑަރާއި ސްކޫލުގެ ވެރިންނާ މުދައްރިސުންނާ ބެލެނިވެރިންނާ ކޭމްޕުގެ މުދައްރިބުންނާ ދަރިވަރުން ބައިވެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.