އުނގޫފާރު ބަލިކުރަން ޓީމު އޮތީ ތައްޔާރަށް: މެނޭޖަރ

އައިލެންޑް ކަޕްގައި މިދިޔަ އަހަރު ބައިވެރިވި އޭދަފުށީ ޓީމުގެ ކުޅުންތެރިން
އައިލެންޑް ކަޕްގައި މިދިޔަ އަހަރު ބައިވެރިވި އޭދަފުށީ ޓީމުގެ ކުޅުންތެރިން

 

ރައިޒިންގ ފޯ ވިލުފުށި ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން މާލޭގައި ބާއްވަމުން އަންނަ ހާފް އައިލެންޑް ކަޕްގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗްގައި އޭދަފުށި މިރޭ އުނގުފާރާއި ބައްދަލުކުރާއިރު ޓީމް އޮތީ މޮޅުވުމުގެ ރޫހެއްގައި ކަމަށް މެނޭޖަރ ސަލްމާން ވަހީދު ބުނެފިއެވެ. ގްރޫޕް “ޑީ” ގައި ހިމެނޭ މިދެޓީމް މިރޭ 10 ހަޖާއިރު ބައްދަލުކުރާ މެޗްގެ ކުރިން އީޓީ އާއި ވާހަކަދައްކަމުން ސަލްމާން ބުނީ ފުރަތަމަ މެޗުން ރަނގަޅު ކާމިޔާބީއެއް ހޯދައި މިފަހަރުގެ މުބާރާތްވެސް ކާމިޔާބު ކުރުމަކީ ރަށުގެ އެންމެ ބޮޑު އަމާޒުކަމަށެވެ.

” އުނގޫފާރު ބަލިކުރަން ޓީމް އޮތީ ތައްޔާރަށް. ބައެއް މުހިއްމު ކުޅުންތެރިން މިރޭގެ މެޗްގައި ނުފެނުނަސް މޮޅުވެވޭނެ ވަރުގެ ޓީމެއް އެބައޮތް. އިރާދަކުރެއްވިއްޔާ ދަނޑުން ފައިބާނީ މޮޅުވެގެން “

މިރޭގެ މެޗަށް އޭދަފުށީ ޓީމުން ތައްޔާރުވާއިރު މުހިއްމު ބައެއް ކުޅުންތެރިން ނުފެންނާނެކަމަށް ޓީމުން ބުނެއެވެ. މިގޮތުން މިދިޔަ އަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔާ އިޝާން އިބްރާހިމްގެ އިތުރުން މުޙައްމަދު ފާސިރު މިރޭގެ މެޗުގައި ނުކުޅޭނެކަން ޓީމުން ވަނީ ޔަޤީކޮށްދީފައެވެ. މިރޭގެ މެޗުގައި މި ކުޅުންތެރިން ނުފެނުނަސް ކުރިއަށް އޮތް މެޗްތަކުގައި އިޝާން އަދި ފާސިރު ވެސް ފެންނާނެކަމަށް ޓީމުން ބުނެއެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލްޖެހި ޢަލީ ޒުބައިރުވެސް މިރޭގެ މެޗްގައި ފެނުމާމެދު ޝައްކު ކަމަށް ޓީމުން ބުނެއެވެ.

މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން 3 ވަނަ ދުވަހުގެ ރެއެވެ. އީޓީ އަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިފަހަރުގެ މުބާރާތަށް އޭދަފުށިން ވަނީ ވަރުގަދަ ޓީމެއް އެކުލަވާލާފައެވެ. މިރޭގެ މެޗަށްފަހު ގްރޫޕް ސްޓޭޖްގައި ޖޫން 3 ވަނަ ދުވަހުގެ ރޭ 8:00 އޭދަފުށީ ޓީމް ނިކުންނާނީ ހދ. ނޭކުރެންދޫއާއި ދެކޮޅަށެވެ. އަދި ފަހު މެޗްގައި ޖޫން 5 ވަނަ ދުވަހުގެ ރޭ 10:00 ގައި ބައްދަލުކުރާނީ ރ. އިނގުރައިދޫއާއެވެ. މިފަހަރުގެ މުބާރާތުގައިވެސް ޖުމްލަ 32 ރަށުން ބައިވެރިވެއެވެ. މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މާލޭ މިނީ ފުޓްސަލް ގްރައުންޑްގައި ކުޅޭ މިރޭގެ މެޗުގައި އޭދަފުއްޓަށް ސަޕޯޓް ކުރުމަށް ވީހާވެސް ގިނަ ބަޔަކު ދަނޑަށް ދިއުމަކީ މެނޭޖްމަންޓްގެ ވަރަށްބޮޑު އެދުމެކެވެ.

މުބާރާތުގައި ވާދަކުރާ އޭދަފުށީ ޓީމު:

ޢަލީ ޒުބައިރު

އިޝާން އިބްރާހިމް

މުޙައްމަދު ފާސިރު

އާފިއު މުހައްމަދު

މަޢުމޫން ޢަބްދުލް ޤައްޔޫމް

އަޙްމަދު އައްފާލް

އަޙްމަދު ހަނީފް

ސުލްޠާން ހަބީބް

މުއާޒް ޢަލީ

ހަމްދާން ޢަބްދުއްސައްތާރު

އަޙްމަދު އަޝްހަމް

ހައްފާފް ޞިދްޤީ

އަފްޒަލް އިބްރާހިމް

ޢަބްދުﷲ ނާސިޙް

މެނޭޖްމަންޓް:

ސަލްމާން ވަހީދު (މެނޭޖަރ)

އަޙްމަދު ނިޔާޒް (ކޯޗް)

މައިޝާން ހަމީދް

މުޙައްމަދު ޖަޒްލާން

ޢަލީ ޝިފާޢު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.