ރެފްރީން ތަމްރީނު ކުރުމުގެ ކޯސް ފަށައިފި

ރެފްރީން ތަމްރީން ކުރުމަށް އޭދަފުށީގައި އިއްޔެ ފެށީ ރެފްރީ ކޯހުގެ ތެރެއިން
ރެފްރީން ތަމްރީން ކުރުމަށް އޭދަފުށީގައި އިއްޔެ ފެށީ ރެފްރީ ކޯހުގެ ތެރެއިން

 

އެފްއޭއެމްއާ ބ. އަތޮޅު ކައުންސިލް ގުޅިގެން ބޭސިކް ފުޓްބޯލް ރެފްރީން ތަމްރީން ކުރުމުގެ ކޯހެއް ފަށައިފި އެވެ.

ޒޯން 3 އަށް ހުޅުވާލައިގެން ޖޫން 2-9 ގެ ނިޔަލަށް އޭދަފުށީގައި ކުރިއަށްގެންދާ މި ކޯހުގައި 17 ފަރާތަކުން ބައިވެރިވެ އެވެ.

މި ކޯހުގައި ބައިވެރިވުމަށް ޒޯން 3 (ނ، ރ، ބ އަދި ޅ) ގެ ހުރިހާ ރަށްރަކަށް ފުރުސަތު ހުޅުވާލި ނަމަވެސް ބ. އަތޮޅު ފިޔަވައި އެހެން އަތޮޅުތަކުން ބައިވެރިއެއް ނުވެއެވެ. ބ. އަތޮޅުން ކޯހުގައި ބައިވެރިވީ އޭދަފުއްޓާއި ކަމަދޫ އަދި ފެހެންދޫންނެވެ.

ރެފްރީން ތަމްރީން ކުރުމަށް އޭދަފުށީގައި އިއްޔެ ފެށީ ރެފްރީ ކޯހުގެ ތެރެއިން
ރެފްރީން ތަމްރީން ކުރުމަށް އޭދަފުށީގައި އިއްޔެ ފެށީ ރެފްރީ ކޯހުގެ ތެރެއިން

 

ބ. އަތޮޅު ކައުންސިލުން ބުނީ، މި ކޯހަކީ މިނިވަން 50 މުބާރާތުގެ ނަމުގައި އެފްްއޭއެމުން ބާއްވާ އަތޮޅު ފުޓްބޯޅަ މުބާރާތަށް ރެފްރީން ތައްޔާރުކުރުމަށް ޒޯން 3 ގައި ހިމެނޭ ރަށްރަށަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކޯހެއް ކަމަށެވެ.

މި ކޯހުގައި ކިޔަވައިދެއްވަނީ އޭއެފްސީ އެލީޓް އެސިސްޓެންޓް ރެފްރީ ކޯސް ފުރިހަމަ ކޮށްފައިވާ ރާއްޖޭގެ މަޝްހޫރު އެސިސްޓެންޓް ރެފްރީ އިބްރާހިމް ތައުފީގް (ޑޯނާ) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.