އުރީދޫއިން އެންމެންނަށް 4ޖީ ތައާރަފްކޮށްފި

ހުރިހާ އެންމެންނަށް 4ޖީ ތައާރަފްކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އުރީދޫ
ހުރިހާ އެންމެންނަށް 4ޖީ ތައާރަފްކުރުމުގެ މަސައްކަތުގެ ތެރެއިން– ފޮޓޯ: އުރީދޫ

 

އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދޭ ހުރިހާ ޕެކޭޖްތަކެއްގަ 4ޖީ ގެ ސުޕަރ ފާސްޓް ކަމާ އެކު ބޭނުން ކުރެވޭ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

4ޖީ ގެ ހިދުމަތް އުރީދޫގެ ހުރިހާ މޮބައިލް އަދި ބްރޯޑްބޭންޑް ޕެކޭޖް ތަކުގައި ލިބޭނެ އެވެ. އެހެންކަމުން އުރީދޫ ކަސްޓަމަރުންނަށް 100 އެމްބީޕީއެސް އާއި ހަމައަށް ލިބިގެން ދާނެ އެވެ. މިއީ 3ޖީ ނެޓްވާކްގެ ސްޕީޑަށްވުރެ 6 ގުނަ ހަލުވި ސްޕީޑެއް ކަމަށް އުރީދޫއިން ބުނެ އެވެ.

މީގެ ފަހުން ކަސްޓަމަރުން ގެންގުޅޭ ތްރީޖީ ސިމް ފޯޖީ ސިމްއަކަށް ބަދަލުކޮށްލައިގެން، އެއްވެސް ޕެކޭޖަކާ ނުލައި، ނުވަތަ ކޮންމެ ޕެކޭޖަކާ އެކުވެސް ބޭނުންކުރެވޭނެ ކަމަށާއި އުރީދޫގެ ފިހާރަތަކުން ތްރީޖީ ސިމް ފޯޖީ ސިމްއަށް 30 ރުފިޔާގެ ޗާޖަކާއި އެކު ބަދަލުކޮށްދޭނެ ކަމަށް އުރީދޫއިން މަައުލޫމާތުދެ އެވެ.

އުރީދޫއަކީ ރާއްޖޭގައި 4ޖީ ނެޓްވޯކް ތަޢާރަފްކުރި ފުރަތަމަ ކުންފުންޏެވެ. އަދި ރާއްޖޭގައި އެންމެ ގިނަ ކަސްޓަމަރުންނަށް މޮބައިލް ޑޭޓާގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ކުންފުނިވެސް މެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.