އުރީދޫއިން ރާއްޖޭގެ ޗައިލްޑް ހެލްޕްލައިނަށް އެހީތެރިކަން ފޯރުކޮށްދީފި

ޗައިލްޑް ހެލްޕްލައިނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ / ސަން އޮންލައިން
ޗައިލްޑް ހެލްޕްލައިނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ / ސަން އޮންލައިން

ދިވެހިރާއްޖޭގެ ޗައިލްޑް ހެލްޕްލައިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މުވާސަލާތީ ކުންފުނި، އުރީދޫ ގުރޫޕްގެ މުވައްޒަފުން ފައިސާ އެހީއަކާއި ހިލޭ ގުޅޭނެ ނަންބަރެއް ހަދިޔާކޮށްފި އެވެ.

އުރީދޫ އޮފީހުގައި ބޭއްވި ރަސްމިޔާތެއްގައި އެކުންފުނީގެ ފައިސާގެ އެހީ އާއި ހަވާލުވެވަޑައިގެންނެވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ. އުރީދޫ ގުރޫޕްގެ ފަރާތުން ފައިސާގެ އެހީ ހަވާލުކޮށްދެއްވީ އުރީދޫ ގުރޫޕްގެ އެގްޒެކެޓިވް ޑިރެކްޓަ ރެގިއުލޭޓަރީ އެފެއާސް ލިން އޭ ޑޯވަޑް އެވެ.

ފައިސާގެ އެހީއާއެކު އުރީދޫއިން ވަނީ ޗައިލްޑް ހެލްޕްލައިންގައި ބޭނުންކުރުމަށް ސްމާޓް ފޯނަކާއި ހިލޭ ގުޅޭނެ ނަންބަރެއް ގާއިމުކޮށް ނަންބަރުވެސް ހިއްސާކޮށްފަ އެވެ. މި ހިދުމަތަށް ހިލޭ ގުޅޭ ނަންބަރަކީ 1412 އެވެ.

އުރީދޫ އިން ބުނީ ކުޑަކުދިންގެ ހެލްޕްލައިނެއް ގާއިމްކުރީ އެކުދިންނަށް ދިމާވާ މައްސަލަތަކާއި އެކުދިންގެ ޝުއޫރުތައް ފަސްޖެހުމެއް ނެތި ކޮންމެވެސް ބަޔަކާ ހިއްސާކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްޓަކައި ކަަމަށެވެ.

ހިލޭ ގުޅޭ ނަންބަރަށް ކުރާ ކޯލްތަކަށް ޖަވާބު ދޭނީ ތަމްރީނު ލިބިފައިވާ ގާބިލް މުވައްޒަފުން ކަމަށާއި އެކުދިން ހިއްސާ ކުރާ މައުލޫމާތުތައް އަޑުއެހުމަށްފަހު އެ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުމާއިއެކު އެކުދިންގެ މައްސަލަތަކަށް އެހީތެރިވެދިނުމަށް މަސައްކަތްކުރާނެ ކަަމަށް ބުންޏެވެ.

އަދި ފޯން ކުރާ ކުއްޖާ ވަނީ އަވަސް އެހީއެއް ބޭނުންވާ ކުއްލި ހާލަތެއްގައި ނަމަ ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން އެކަމަށް ވީހާވެސް އަވަސް ހައްލެއް ހޯދަން މަސައްކަތް ކުރާނެ ކަމަށްވެސް އުރީދޫ އިން ބުނެ އެވެ.

އުރީދޫއިން ރާއްޖޭގެ އިޖުތިމާއީ ކަންކަމަށް ދެއްވާ ސަމާލުކަމާއި ވެދެއްވާ އެހީތައް ފާހަަގަކޮށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެރަސްމިއްޔާތުގައި އުރީދޫއަށް ވަނީ ޝުކުރުރު އަދާކޮށްފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ރާއްޖޭގެ ޗައިލްޑް ހެލްޕްލާ ވަރަށް ގާތުން މަސައްކަތ ކުރާނެކަމަށް އޭނާ ވިދާޅުވި—ފޮޓޯ / ސަން
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ރާއްޖޭގެ ޗައިލްޑް ހެލްޕްލާ ވަރަށް ގާތުން މަސައްކަތ ކުރާނެކަމަށް އޭނާ ވިދާޅުވި—ފޮޓޯ / ސަން

 

އުރީދޫ މޯލްޑިވްސްގެ ސީއޯއޯ ވިކްރަމް ސިންހަ ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި މޮބައިލް ޓެކްނޮލޮޖީގެ ބޭނުން ކުރުމަކީ ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ރާއްޖޭގެ ޗައިލްޑް ހެލްޕްލައިން އާއި ވަރަށް ގާތުން ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ސިންހަ ދެއްވި އެވެ.

އުރީދޫ އަކީ ގުރޫޕް ސްޕެޝަލް މޯބައިލް އެސޯސިއޭޝަން (ޖީއެސްއެމްއޭ)ގެ މެންބަރުންގެ ތެރެއިން އެބަޔަކު ހިދުމަތްދޭ ގައުމުތަކުގައި ގާއިމުކޮށްފައިވާ ޗައިލްޑް ހެލްޕްލައިނަށް އެހީވުމަށް އެއްބަސްވެފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ. މީގެ އިތުރުން އުރީދޫ އަކީ ޗައިލްޑް ހެލްޕްލައިން އިންޓަނޭޝަނަލްއިން އެކި ގައުމުތަކުގައި ގާއިމްކޮށްފައިވާ ކުޑަކުދިންގެ ހެލްޕްލައިންތަކަށް ދުނިޔޭގެ ފެންވަރުގައި އެހީ ހޯދުމަށްޓަކައި ތައާރަފް ކުރެވިފައިވާ “ފްރީ އަވަ ވޮއިސާސް ކެމްޕެއިން”އަށް ވަރަށް ފުރިހަމައަށް އެހީތެރިވާ ކުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.