އޭދަފުށީ ޓީމުގެ ދެވަނަ މެޗު މިރޭ ނޭކުރެންދޫއާ ދެކޮޅަށް

އައިލެންޑް ކަޕުގައި ވާދަކުރާ އޭދަފުށީ ޓީމު
އައިލެންޑް ކަޕުގައި ވާދަކުރާ އޭދަފުށީ ޓީމު

 

ރައިޒިން ފޯ ވިލުފުށި ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން މާލޭގައި މިހާރު ކުރިއަށްދާ ހާފް އައިލެންޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އޭދަފުށީ ޓީމު ކުޅޭ ދެވަނަ މެޗު މިރޭ އޮންނާނެ އެވެ.

މާލޭ މިނީ ފުޓްސަލް ގުރައުންޑްގައި މިރޭ 8:00 ގައި ފަށާ މި މެޗުގައި އޭދަފުށީ ޓީމާ ދެކޮޅަށް ނުކުންނާނީ ހދ. ނޭކުރެންދޫ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އޭދަފުށީ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ އެއްވަރުވެފަ އެވެ. ބައެއް މުހިއްމު ކުޅުންތެރިން ނުލާ ހޯމަ ދުވަހުގެ ރޭ ރ. އުނގޫފާރު ޓީމާ ދެކޮޅަށް ނުކުމެ އެ މެޗު އެއްވަރުވީ 1-1 އިންނެވެ.

މިރޭ ކުޅޭ މެޗުގައި އިޝާން އިބްރާހީމު (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓެ) ކުޅޭނެ ކަމަށް އޭދަފުށީ ޓީމުން ބުންޏެވެ.

މި ގްރޫޕުގައި ހިމެނޭ ހދ. ނޭކުރެންދޫ އާއި ރ. އިނގުރައިދޫ ބައްދަލުކުރި މެޗު ނިމުނީ 4-3 އިން އިނގުރައިދު މޮޅޮވެގެންނެވެ.

މި މުބާރާތުގައި މިއަހަރު އަލަށް ވާދަކުރާ މިއަތޮޅު ކިހާދު ޓީމު ރޭ ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. ފުވައްމުލަކާ ދެކޮޅަށް ކުޅެ ކިހާދޫ ޓީމު ބަލިވީ 6-2 އިންނެވެ.

މިރޭގެ މެޗުގައިވެސް އޭދަފުއްޓަށް ސަޕޯޓް ކުރުމަށް ވީހާވެސް ގިނަ ބަޔަކު ދަނޑަށް ދިއުމަކީ ޓީމުގެ މެނޭޖްމަންޓްގެ ވަރަށްބޮޑު އެދުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.