ވަރުގަދަ މަހިބަދޫ ބަލިކޮށް ކިހާދޫން ދެވަނަ ބުރުގެ އުއްމީދު އާކޮށްފި

ކިހާދޫ ފުޓްބޯޅަ ޓީމު
ކިހާދޫ ފުޓްބޯޅަ ޓީމު

 

މާލޭގައި މިހާރު ކުރިއަށްދާ ހާފް އައިލެންޑް ކަޕްގައި ރޭ މަހިބަދޫގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި ބ. އަތޮޅުން މުބާރާތުގައި ތަމްސީލުކުރާ ކިހާދޫން ދެވަނަ ބުރުގެ އުއްމީދު އާކޮށްފިއެވެ.

ފުޓްބޯޅައިގެ ނަން މަޝްހޫރު މަހިބަދޫ ބަލިކުރުމުން ކިހާދޫއަށް ވަނީ ކުޅުނު ދެމެޗުން ތިން ޕޮއިންޓް ލިބިފައެވެ. ރޭގެ މެޗްގައި ކިހާދޫ ޓީމަށް ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ މިހާރު 19 އަހަރުން ދަށުގެ ޤައުމީ ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ ހުނަރުވެރި ކުޅުންތެރިޔާ ޙުސައިން އީމާން އެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ކިހާދޫ ޓީމްގެ ޢަބްދުﷲ ފައިސަލް އެވެ. ކިހާދޫ ޓީމް ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ފުވައްމުލަކާއި ބައްދަލުކޮށް 6-2 އިން ވަނީ ބަލިވެފައެވެ.

ގްރޫޕް “އެފް” ގައި ކިހާދޫގެ އިތުރުން ދެން ހިމެނެނީ ފ. ނިލަންދުއާއި ފުވައްމުލަކުގެ އިތުރުން މަހިބަދޫއެވެ. ފޯރިގަދަ މި ގްރޫޕްގައި ކޮންމެ ޓީމެއްވެސް ދެމެޗް ކުޅެފައިވާއިރު ކޮންމެ ޓީމަކަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މި ގްރޫޕުން ދެވަނަ ބުރަށް ހޮވޭނެ ޓީމްތައް ޔަޤީންވާނީ މާދަމާރޭ ކުޅޭ ގްރޫޕްގެ ފަހު ދެމެޗަށްފަހުއެވެ. މާދަމާރޭ ކުޅެވޭ މި ގްރޫޕްގެ ފަހު މެޗްގައި ކިހާދޫ ނިކުންނާނީ ފ. ނިލަންދުއާއި ދެކޮޅަށެވެ. އަދި ފުވައްމުލަކު ޓީމް ބައްދަލުކުރާނީ މަހިބަދޫއާއެވެ.

ކިހާދޫއަކީ ފަހަކަށް އައިސް އަތޮޅު ފެންވަރުގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވެ ރަނގަޅު ވާދައެއް ކުރަމުން އަންނަ ރަށެކެވެ. ނަމަވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތެއްގައި ކިހާދޫ ތަމްސީލް ކުރާ މިއީ ފުރަތަމަ ފަހަރެވެ.

ގްރޫޕް “އެފް” ގެ ނަތީޖާތައް:

ފ. ނިލަންދޫ 2   –   އދ. މަހިބަދޫ 5

ޏ. ފުވައްމުލައް 6  –  ބ. ކިހާދޫ 2

ފ. ނިލަންދޫ 4   –   ޏ. ފުވައްމުލައް 3

އދ. މަހިބަދޫ 0   –  ބ. ކިހާދޫ 2

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.