ދަރަވަންދޫ ފިއުލް ޝެޑް ހުޅުވައިފި

ދަރަވަންދޫގައި ހުޅުވި "ދަރަވަންދޫ ފިއުލް ސާވިސަސް" ތެޔޮ ޝެޑް: މިއީ މި ސަރަހައްދުގައި ހުޅުވި ފުރަތަމަ ތެޔޮ ޝެޑް ފޮޓޯ/ ދަރަވަންދޫ ފިއުލް ސާވިސަސް
ދަރަވަންދޫގައި ހުޅުވި “ދަރަވަންދޫ ފިއުލް ސާވިސަސް” ތެޔޮ ޝެޑް: މިއީ މި ސަރަހައްދުގައި ހުޅުވި ފުރަތަމަ ތެޔޮ ޝެޑް ފޮޓޯ/ ދަރަވަންދޫ ފިއުލް ސާވިސަސް

 

“ދަރަވަންދޫ ފިއުލް ސާވިސް”ގެ ނަމުގައި އެރަށުގައި ހެދި ތެޔޮ ޝެޑް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ދަރަވަންދޫ ބަނދަރުގެ އިރުމަތީ ސަރަހައްދުގައި ހުޅުވި މި ތެޔޮ ޝެޑް ހުޅުވައިދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލު އާއި ދުސިޓް ތާނީ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ޔޮއާހިމް އެވެ.

ދަރަވަންދޫ ފިއުލް ސާވިސަސް އަކީ ނ، ރ، ބ އަދި ޅ އަތޮޅުގެ ފުރަތަމަ ފިއުލް ޝެޑެވެ.

ދަރަވަންދޫ ފިއުލް ފާވިސްގެ ޑައިރެކްޓަ އޮފް ސޭލްސް އެންޑް މާކެޓިން އާމިނަތު ލޫނާ ވިދާޅުވީ މިއަދު ހަވީރު  ހުޅުވި ޝެޑުގެ މަސައްކަތަށް ގާތް ގަނޑަކަށް 5.2 މިލިއަނެއްހާ ރުފިޔާ އިންވެސްޓްކޮށްފައިވާނެ ކަމަށެވެ.

"ދަރަވަންދޫ ފިއުލް ސާވިސަސް" ތެޔޮ ޝެޑް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ދަރަވަންދޫ ފިއުލް ސާވިސަސް
“ދަރަވަންދޫ ފިއުލް ސާވިސަސް” ތެޔޮ ޝެޑް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ/ ދަރަވަންދޫ ފިއުލް ސާވިސަސް

 

ދަރަވަންދޫ ފިއުލް ސާވިސަސް އިން ބުނިގޮތުގައި މި ފިއުލް ޝެޑްގެ ހިދުމަތް ލިބިގަންނަ ފަރާތް ތަކުގެ ތެރޭގައި އާންމު ރައްޔިތުންގެ އިތުރުން ކައިރި ރިސޯޓްތައް އަދި ބ. އަތޮޅާއި ކައިރި އަތޮޅު ތަކުގެ އުޅަނދު ފަހަރު ހިމެނެ އެވެ. އެތަން ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 9 ކުން ރޭގަނޑު 10 އެވެ.

ލޫނާ ވިދާޅުވީ ދަރަވަންދޫ ފިއުލް ޝެޑުން ބުނީ ޑީސަލާއި ޕެޓްރޯލްގެ އިތުރުން އިންޖީނަށް ސާވިސް ކުރަން ބޭނުންވާ ލުބްރިކަންޓްސް އަދި ސްޕެއާ ޕާޓްސްވެސް ކައިރި މުސްތަގުބަލެއްގައި އެތަނުން ލިބެން ހުންނާނެ ކަމަށެވެ.

“މީގެ އިތުރުން މާކިއުރީ ބްރޭންޑްގެ އިންޖީނުތަކަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ސްޕެއާ ޕާޓްސްވެސް ލިބެން ހުންނާނެއެވެ. އަދި ކަނޑު ދަތުރު ފަތުރު ކުރާ އުޅަނދު ފަހަރާއި އެއްގަމުގައި ދަތުރު ކުރާ އުޅަނދު ފަހަރުގެ މަރާމާތު ކުރެވޭފަދަ ވޯކްޝޮޕެއްގެ ޚިދުމަތްވެސް ކައިރި މުސްތަޤް ބަލެއްގައި ލިބެން ހުންނާނެ،” ލޫނާ ވިދާޅުވި އެވެ.

ދަރަވަންދޫ ފިއުލް ސާވިސަސް އިން ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް މެދުނުކެނޑި ޚިދުމަތް ދެވޭ ވަރަށް ޑިސަލް އަދި ޕެޓްރޯލް ރައްކާ ކުރެވިފައި ހުންނާނެ ކަމަށްވެސް އެތަނުން ބުނެއެވެ.

ދަރަވަންދޫ ފިއުލް ސާވިސަސް އަކީ މާކިއުރީ މެރިންގެ ފުރަތަމަ އޮތޮރައިޒްޑް ރީސެލަސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.