ބ. ކެންދޫ ކައުންސިލު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން (ޑީއެސްއާރުސީ) ހޯދައިފި އެވެ.
ޑައިމަންޑް ސްޕޯޓްސް ފައިނަލަށް ދިޔައީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފަހު މެޗުން 5-1 އިން ގްލޯރިއަސް ވިކްޓަރީ ބަލިކުރުމަށްފަހު އެވެ. ފައިނަލުގައި ހޮނިހިރު ދުވަހު ޑައިމަންޑް ސްޕޯޓްސް ބައްދަލުކުރާނީ އެފްސީ ވެންގާޑް އާ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑައިމަންޑް ސްޕޯޓްސްގެ އަހްމަދު ހުސައިން އެވެ.
މިއީ ޒުވާނުންނަށް ހާއްސަ ކޮށްގެން ކެންދޫ ކައުންސިލްގެ ފަރާތުން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.