އޭދަފުށި ބެޑްމިންޓަން އެކަޑަމީގެ ހަ ކުޅުންތެރިން ޓްރެއިނިން ކޭމްޕަކަށް މެލޭޝިއާ އަށް

ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން ބެޑްމިންޓަން އެކަޑަމީގެ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިގެން.–

ރިވައިވަލް ސްޕޯޓްސް އޭދަފުށި ބެޑްމިންޓަން އެކަޑަމީގެ ހަ ކުޅުންތެރިން ޓްރޭނިން ކޭމްޕެއް ފުރިހަމަ ކުރުމަށް މިރޭ މެލޭޝިއާ އަށް ފުރައިފި އެވެ.

ތިން ހަފްތާގެ މުއްދަތަށް މެލޭޝިއާގެ އޭޝިއާ ބެޑްމިންޓަން އެކަޑަމީގައި ކުރިއަށްގެންދާ މި ޓްރެއިނިން ކޭމްޕްގައި ބައިވެރިވަނީ ރިވައިވަލްގެ ސްޕޯޓްސް އޭދަފުށި ބެޑްމިންޓަން އެކަޑަމީގެ ހަ ދަރިވަރުން ކަމަށްވާ އަހްމަދު ޔަނާލް ނިޔާޒާއި  ޔޫސުޕް އީތާން ޝިފާޒް އާއި އައުފް ބިން ފަޒްލޫން މުޙައްމަދު އާއި އީލާފް މުހައްމަދު އިކްރާމް އާއި ރިޝާމް އަބްދުލްފައްތާހްގެ އިތުރުން  ޔޫސުފް ޝައިލް އިސްމާއީލް އެވެ.

ރިވައިވަލް އޭދަފުށީ ބެޑްމިންޓަން އެކަޑަމީގެ ކޯޗުން ކަމަށްވާ މުހައްމަދު އާރިފް އާއި އިފުޒާލު ސޯދިގު ވެސް މި ޓްރެއިނިން ކޭމްޕްގައި ދަރިވަރުންނާ އެކު ބައިވެރިވާނެ އެވެ.

އޭދަފުށީ ބެޑްމިންޓަން އެކަޑަމީން ބުނިގޮތުގައި މި ކޭންޕުގެ މައިގަނޑު މަގުސަދަކީ މިއަހަރު ކުރިއަށް އޮތް އިންޓަރ ސްކޫލް މުބާރާތްތަކުގައި ވާދަކުރާ ދަރިވަރުންގެ ކުޅުމުގެ ފެންވަރު މަތިކޮށް ކުރިއަށްވުރެ ރަނގަޅު ނަތީޖާތަކެއް ހާސިލުކުރުމެވެ.

ރިވައިވަލް އޭދަފުށީ ބެޑްމިންޓަން އެކަޑަމީގެ އެކި އުމުރުފާތަކުން 18 ކުދިންނާއި ހަތަރު ކޯޗުން މިދިޔަ އަހަރު ފަހުކޮޅު ވެސް މެލޭޝިއާގެ އޭޝިއާ ބެޑްމިންޓަން އެކަޑަމީގައި ޓްރޭނިން ކޭމްޕެއްވަނީ ފުރިހަމަކޮށްފަ އެވެ.

އެ ޓްރޭނިން ކޭމްޕަށްފަހު، ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް، ބެޑްމިންޓަންގެ ކަންކަން ކުރިއަށްގެންދާ ރިވައިވަލް ސްޕޯޓްސް ކްލަބުން، ވަނީ އޭދަފުށީގައި ބެޑްމިންޓަން އިތުރަށް ފުޅާކުރުމަށް ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ރިވައިވަލް ސްޕޯޓްސް އޭދަފުށީ އެކަޑަމީގެ މަސައްކަތް ފަށައިފި އެވެ.

އެގޮތުން މި ރަށުގައި ފޯރިގަދަ ބެޑްމިންޓަން މުބާރާތައް އޭދަފުށި އެކަޑަމީއާ ގުޅިގެން ރިވައިވަލްސް އިން އަންނަނީ ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.