ކެންދޫ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ވެންގާޑަށް

ޗެމްޕިއަންކަން އެފްސީ ވެންގާޑް
ޗެމްޕިއަންކަން އެފްސީ ވެންގާޑް

 

 ބ. ކެންދޫގައި ބޭއްވި ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެ ރަށު އެފްސީ ވެންގާޑް ހޯދައިފި އެވެ.

ކެންދޫ ކައުންސިލުން ޗެމްޕިއަން ޓީމަށް 10،000ރ. ހުށަހަޅާފައިވާ މުބާރާތް އެފްސީ ވެންގާޑް ކާމިޔާބުކުރީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން (ޑީއެސްއާރުސީ) އަތުން 5-4 އިން މޮޅުވެގެންނެވެ. މުބާރާތުގެ ރަނައަޕް ޓީމަށް ދީފައިވަނީ 4500ރ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެފްސީ ވެންގާޑްގެ އަލީ ޖައިލަމް އާއި ރަބީއު އަހުމަދު އާއި ގްލޯރިއަށް ވިކްޓްރީގެ މުހައްމަދު ޝިމާން އާއި ވިނާސް ބޯއީސް ގެ މުހައްމަދު ޝޮޕްވާން އަދި ޑީއެސްއާރުސީގެ ސާމީ އިބްރާހިމް އެވެ.  މުބާރާތުގައި އެންމެ ގިނަ ލަޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ޑީއެސްއާރުސީ ގެ އަހުމަދު ހުސައިން އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ވިނާސް ބޯއީސް އެވެ.

ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތަށި ދެއްވީ ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ އެވެ.

މިއީ ޒުވާނުންނަށް ހާއްސަ ކޮށްގެން ކެންދޫ ކައުންސިލުން ބޭއްވި ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.