އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ޚާއްސަ ތަމްރީނުތަކެއް

dd

ފުރިހަމަ ބިޒްނަސް ޕްލޭނަކާ ނުލައި ފަށާ ވިޔަފާރިއެއް ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ވިޔަފާރިއެއް ފެށުމުގެ ކުރިން ހާއްސަ ތަމްރީންތަކާއި ބިޒްނަސް ހިޔާލުތައް ވެސް ބޭނުންވެ އެވެ. ނަމަވެސް އެފަދަ ހިޔާލެއް އެންމެ ފަސޭހައިން ލިބޭނީ ކިހިނެއް ހެއްޔެވެ؟ ހަމަ ގައިމުވެސް ނައިފަރު ބިޒިނަސް ސެންޓަރުން އޭދަފުށިގައި ފަށަން ތަރައްޔާރުވަމުންދާ ތަމްރީން ޕްރޮގްރާމުން އެފަދަ އެތައް ހިޔާލެއް ލިބޭނެކަން ޔަގީނެވެ.

ވިޔަފާރީގެ ތެރެއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ “ވިޔަފާރި ފެށުމުގެ ތަމްރީނު ޕްރޮގްރާމް” ގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފަ އެވެ.

ޅ. ނައިފަރު ބިޒްނަސް ސެންޓަރުން ހިންގާ މި ޕްރޮގްރާމަކީީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި، އަލަށް ވިޔަފާރިއެއް ފަށްޓަށް ބޭނުންވާ ފަރާތްތަަކަށް އަދި ވިޔަފާރިއަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ. މި ޕުރޮގްރާމް ބާއްވަން ހަމަޖެހިފައި މި ވަނީ ޖޫން މަހު 16 ން 18 ގެ ނިޔަލަށެވެ.

ނައިފަރު ބިޒިނަސް ސްކޫލުން ބުނިގޮތުގައި މި ޓްރެއިނިން އަކީ ހިލޭ ހިންގޭ އަދި ފުރިހަމަކުރާ ފަރާތްތަކަށް ހަނދާނީ ލިޔުމެއް ދިނުމަށް ހަމަޖެހިފައިވާ ޓްރެއިނިން އެކެވެ.

ނައިފްރު ބިޒިނަސް ސްކޫލުން ބުނިގޮތުގައި މި ޓްރެއިނިންގް ޕްރޮގްރާމްގައި ވިޔަފާރިއެއް ފެށުމަށް އެނގެންޖެހޭ އެންމެ އަސާސީ މައުލޫމާތުދެވޭނެ އެވެ. މީގެ ސަބަބުން ވިޔަފާރިއެއް އަލަށް ފެށުމާއި ވިޔަފާރި އޯގަނައިޒްކުރުންމާއި ވިޔަފާރިއަށް ފައިސާ ހޯދުންމާއި ފައިސާއާ ހިސާބު ބެލެހެއްޓުންމާއި އިންސާނީ ވަސީލަތްތައްކާއި މާކެޓް ކުރުމާއި ވިއްކުން އަދި މައްސަލަ ދެނެގަތުމާއި ހައްލުކުރުން ފަދަ ބައިތައް ހިމެނޭނެކަމަށް ނައިފަރު ބިޒްނަސް ސްކޫލުން ބުނެ އެވެ.

މި ޓްރެއިނިންގގައި ބައިވެރިވެލައްވަން ޝައުގުވެރިވާ ފަރާތްތަކުން މާދަމާ ހެނދުނު 10:00ގެ ކުރިން އޭދަފުށީ ކައުންސިލުގައި (ފޯން: 6608303) ނޯޓްކުރެއްވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.