ކޮވިޑް-19: ދިރާގު މަމެން ކަސްޓަމަރުންނަށް ޑޭޓާ އެޑް-އޮން ތަކުން %50 ޑިސްކައުންޓް

ކޮވިޑް19އާ ގުޅިގެން މި ދުވަސްވަރު ޑޭޓާ ބޭނުން ކުރުން އިތުރުވާނެތީ ދިރާގުގެ މަމެން ޑޭޓާ އެޑް އޮން ތަކުން 50 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ނިންމައިފި އެވެ.

ދިރާގުން ބުނީ މި ޑިސްކައުންޓް ލިބޭނީ މި ހިނގާ މާޗު މަހު ނަގާ މަމެން ޑޭޓާ އެޑޮންތަކަށް ކަމަށެވެ.

ދިރާގުގެ މަމެންއަކީ ކަސްޓަމަރުން އަމިއްލައަށް ބޭނުންވާ ގޮތަކަށް މޯބައިލް ޑާޓާ، މިނެޓް އަދި އެސްއެމްއެސް އެކުލެވޭ މޯބައިލް ޕްލޭނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ފަހިކޮށްދޭ މޮބައިލް އެޕްލިކޭޝަނެކެވެ.

ކޮވިޑް19އާ ގުޅިގެން ދިރާގުން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް އެކި ގޮތްގޮތުން ލުއިފަސޭހަތަކެއް ހޯދައިދީފަ އެވެ.

އޭގެ ތެރޭގައި ގޭގެ އިންޓަނެޓް ޕެކޭޖުތަކަށް އިތުރަށް ދިން 30 ޕަސެންޓު ޑޭޓާއާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިން އިތުރު ޑޭޓާ އަދި ޕްރީޕެއިޑް މަންތްލީ ޑޭޓާ ބަންޑަލްތަކުން ދިން 30 ޕަސެންޓުގެ ޑިސްކައުންޓް ހިމެނެ އެވެ.

ހަމައެއާއެކު ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖުތަކުގެ މަހު ފީއިން 25 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ވެސް ދިރާގުން ވަނީ ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.