ބޮޑެތި އިނާމުތަކާއެކު ދިރާގު ރޯދަ ހަދިޔާ ފަށައިފި

ދިރާގު ރޯދަ ހަދިޔާއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން:
ދިރާގު ރޯދަ ހަދިޔާއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން:

 

ދިރާގުން ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް ބޮޑެތި ހަދިޔާތަކާ އެކު ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަން މިއަހަރުވެސް ފަށައިފި އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިރާގުގެ ހިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ފައިދާވާ ހަދިޔާތަކެއް ލިބޭ ބޮޑެތި އިނާމުތަކާ އެކު މި އަހަރުގެ ރޯދަ ހަދިޔާ ހޯދުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ވެސް އެއްވެސް ހަރަދެއް ނުކޮށް ލިބުމުގެ ފުރުސަތު އެ ކުންފުިން ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން ދިރާގުގެ ހިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހުކުރު ދުވަހަކު ނަސީބުވެރިއެއް ހޮވައި އެ ފަރާތަކަށް 55 އިންޗީގެ ސެމްސަންގް އެޗްޑީ ތްރީޑީ ކާވް ޓީވީއެއް ދިނުމަށްވަނީ ހަމަޖެހިފަ އެވެ. އަދި އޭގެ އިތުރުން އެ ނަސީބުވެރިޔާ އަށް ދިރާގު ބްރޯޑް ބޭންޑު ނުވަތަ ފައިބާ ބްރޯޑްބޭންޑު ކަނެކްޝަނެއްގެ ބޭނުންވާ ޕެކޭޖެއް އެއް އަހަރު ދުވަހު ހިލޭ ދޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

މީގެ އިތުރުން ދިރާގުގެ ޕޯސްޓްޕެޢިޑް އަދި ޕްރީޕެއިޑް ނަންބަރުތައް ބޭނުން ކުރާ ފަރާތްތަކަށް ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު ހިލޭ ކޯލްތައް ކުރެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ޕޯސްޓްޕެއިޑް ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ހަރަދެއް ނުކޮށް 343 އަށް “FF” ޖެހުމަށްފަހު މެސެޖެއް ކުރުމުން ރޯދަ މަހުގެ ހުރިހާ ހުކުރެއްގައި ދިރާގު ނަންބަރުތަކަށް ހިލޭ ކޯލްތައް ކުރެވޭނެ އެވެ. އަދި ޕްރީޕެއިޑް ބޭނުންކުރާ ކަސްޓަމަރުންނަށް ހަފުތާތެރޭގައި 50.ރ ބޭނުންކޮށް، 343 އަށް “FF” ޖަހާފައި މެސެޖު ކުރުމުން ދިރާގުގެ ހުރިހާ ނަންބަރަކަށް ހިލޭ ކޯލް ކުރެވޭނެ އެވެ.

އޭގެ އިތުރުން ދިރާގުގެ އޭޑީއެސްއެލް އިންޓަނެޓުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް 50 ޕަސެންޓް އިތުރު ޑޭޓާ ވެސް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. އެގޮތުން ރޯދަ މަސް ފެށެނީ މަހުގެ މެދުތެރެއިން ކަމަށް ވުމުން މިހާރު ގެންގުޅޭ ޕެކޭޖުގެ 25 ޕަސެންޓް ޑޭޓާ ހިލޭ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ލިބޭނެ އެވެ. އަދި ބާކީވާ 25 ޕަސެންޓު ޑޭޓާ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި ރޯދަމަހު ނަގާ ކޮންމެ ޑޭޓާ ޕެކޭޖަކަށް ވެސް 50 ޕަސެންޓް ޑޭޓާ އިތުރަށް ލިބޭނެއެވެ.

ދިރާގުގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް މޯބައިލް އާއި ޓަޗްނެޓް ކަނެކްޝަން ބޭނުންކުރާ ފަރާތްތަކަށް ވެސް ނަގާ ހުރިހާ ޑޭޓާ ޕެކޭޖަކަށް 50 ޕަސެންޓް އިތުރަށް ޑޭޓާ ހިލޭ ލިބެއެވެ.

އެހެން އަހަރުތަކާ އެއްފަދައިން ނަމާދު ވަގުތުތަކުގެ އެލާޓްތައް ދިނުމުގެ ހިދުމަތާއި އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ހިދުމަތް ވެސް ރޯދަ މަހު ކުރިއަށް ދާނެކަމަށް ދިރާގުން ބުންޏެވެ. އަދި ރާއްޖޭގެ އެންމެ ހެޔޮ އަގުގައި ދިރާގު މެދުވެރިކޮށް ބޭރު ގައުމުތަކަށް ކޯލު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.