އުރީދޫ ރޯދަ ޕްރޮމޯޝަންގައި ހިލޭ ކޯލާއި ބޯނަސް ޑޭޓާ

އުރީދޫ އިން މިއަދު ފެށި ރޯދަ މަހުގެ ހާއްސަ ޕްރޮމޯޝަންތަކާ ބެހޭ ގޮތުން އުރީދޫގެ ސީނިއާ އެގްޒެކެޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރް ވާހަކަ ދައްކަނީ. -- ހަވީރު ފޮޓޯ:
އުރީދޫ އިން މިއަދު ފެށި ރޯދަ މަހުގެ ހާއްސަ ޕްރޮމޯޝަންތަކާ ބެހޭ ގޮތުން އުރީދޫގެ ސީނިއާ އެގްޒެކެޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރް ވާހަކަ ދައްކަނީ. — ހަވީރު ފޮޓޯ:

 

އެންމެ 5.ރ ހޭދަކޮށްގެން ކޮންމެ ރެއަކު ވެސް ހިލޭ ފޯން ކުރެވޭ ޕްރޮމޯޝަނެއް އުރީދޫ އިން މިއަދު ފަށައިފި އެވެ.

ރޯދަ މަސް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އުރީދޫ އިން ފެށި ހާއްސަ ޕްރޮމޯޝަނުގެ ތެރެއިން 5.ރ ހޭދަކޮށްގެން ކޮންމެ ރެއަކު މެންދަމު ތިނެއްގެ ފަހުން މެސެޖެއް ކޮށްގެން ހެނދުނު އަށެއް ޖަހަންދެން ހިލޭ ފޯން ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

އުރީދޫގެ ސީނިއާ އެގްޒެކެޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރް ވިދާޅުވި ގޮތުގައި ކޮންމެ ރެއަކު ވެސް މެންދަމު ތިނެއްގެ ފަހުން GO ޖެހުމަށް ފަހު 5252 އަށް މެސެޖެއް ފޮނުވުމުން ހެނދުނު އަށެއް ޖަހަންދެން ހިލޭ ކޯލު ކުރުމުގެ އިތުރުން 100 އެމްބީ ޑޭޓާ ހިލޭ ބޭނުން ކުރެވޭނެ އެވެ.

އޭގެ އިތުރުން އުރީދޫ އިން ރޯދަމަހަށް ހާއްސަ ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި ކަމަށް ނޫރާ ވިދާޅުވި އެވެ. އެ ގޮތުން ރޯދަމަހުގެ ކޮންމެ ހުކުރެއްގައި ރިޗާޖް ނުވަތަ ރާސްޓަސް ކުރެއްވުމުން އެ އަދަދުގެ 25 ޕަސެންޓާ ހަމަ އަށް އިތުރު ބޯނަސް ކްރެޑިޓް ލިބޭނެ ކަމަށް ނޫރާ ވިދާޅުވި އެވެ.

އަދި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ބަލައިގަންނަ ޑޭޓާ ޑޮންގްލް އާއި މައިފައި ޑިވައިސްތަކާ އެކު އޭގެ އަގުގެ 40 ޕަސެންޓް ޑޭޓާ ހިލޭ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެހެން އަހަރުތަކާ އެއްގޮތަށް މި އަހަރު ވެސް ހެޔޮ އަގުގައި އަރަބި ގައުމުތަކަށް ކޯލް ކުރެވޭނެ ކަމަށް ނޫރާ ވިދާޅުވި އެވެ. އަދި މި އަގުތަކުގައި ކޯލް ކުރުމަށް ގުޅާ ނަންބަރުތަކުގެ ކުރިއަށް 011 ޖެހުމަށް ފަހު ގުޅުމުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި GO ޖެހުމަށް ފަހު 4777 އަށް މެސެޖެއް ފޮނުވުމުން ކޮންމެ ދުވަހަކު ވެސް ނަމާދު ވަގުގުތައް ހޯދޭނެ އެވެ.

އުރީދޫ އިން މިފަދަ ޕްރޮމޯޝަންތަކެއް ރޯދަ މަހުގެ ތެރޭގައި ކުރިއަށް ގެންދާ އިރު ރޯދަ ހަދިޔާގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދޭ ބޮޑު ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.