އެފްސީ ހަބޭސް އާއި އެފްސީ އޮޒޯކް ކްއާޓާ އަށް

ދިރާގު ތްރީ އޮން ތްރީ ސޮކާ ކަޕުގައި ރޭ ހަބޭސް އާއި ޓީމު ޝީޝާ ބައްދަލުކުރި މެޗުގެ ތެރެއިން –އީޓީ ފޮޓޯ / ތޯރިގް
ދިރާގު ތްރީ އޮން ތްރީ ސޮކާ ކަޕުގައި ރޭ ހަބޭސް އާއި ޓީމު ޝީޝާ ބައްދަލުކުރި މެޗުގެ ތެރެއިން –އީޓީ ފޮޓޯ / ތޯރިގް

 

ކްލަބް ދަ ބިގިނާސް އިން އިންތިޒާމުކޮށްގެން އޭދަފުށީގައި މިހާރު ކުރިއަށްދާ ދިރާގު ތްރީ އޮން ތްރީ ސޮކާ ކަޕުގެ ކުއާޓާ ފައިނަލުން އެފްސީ ހަބޭސް އާއި އެފްސީ އޮޒޯކް ޖާގަ ހޯދައިފި އެވެ.
އެފްސީ ހަބޭސް ކުއާޓާ އިން ޖާގަ ހޯދީ ރޭ ކުޅުނު ގްރޫޕް ސީ ގެ ފުރަތަމަ ބުރުގެ ދެވަނަ މެޗުގައި ޓީމު ޝީޝާ އަތުން 4-1 އިން މޮޅު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަބޭސް ޓީމުގެ އަހްމަދު އަލީ އެވެ.

ގްރޫޕް އޭ ގެ އެފްސީ އޮޒޯކް ކުއާޓާ އިން ޖާގަ ހޯދީ އެފްސީ ކޮޕީފަތާ ވާދަކޮށް 2-0 އިން މޮޅުވެގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޮޒޯކް ގެ މުހައްމަދު ޝިޔާމު އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ގްރޫޕް ބީ ގެ ސަޖި އެންޑް ފްރެންޑްސް ވަނީ ސައްލޭ ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވެފަ އެވެ. މި މެޗުގެ މޮޅު ކުުޅުންތެރިއަކަށް ހޮވުނީ ސަޖީ އެންޑް ފްރެންޑްސްގެ ފަޒްލޫން މުހައްމަދު އެވެ.

3-3-bb

ގްރޫޕް ޑީ ގެ ތުތިމަސް އެފްސީ އާއި ސަންސެޓް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ސަންސެޓްގެ އަހްމަދު ޝިފާޒު އެވެ.

މި މުބާރާތުގައި މިރޭވެސް ހަތަރު މެޗެއް ކުޅޭނެ އެވެ.

• ފުރަތަމަ މެޗު؛ ދިރާގު – ލަކީ އެއިޓް
• ދެވަނަ މެޗު؛ އެފްސީ ސޫޕް – ޑައުން ޑައުން
• ތިންވަނަ މެޗު؛ ފެއިމްސް ޔުނައިޓެޑް – ވެލާ ސްޕޯޓްސް
• ހަތަރުވަނަ މެޗު؛ ކައްކާނީ – ޓީމު އީޕީ

ޖޫން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތުގެ މެއިން ސްޕޮންސަރަކީ ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގު އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ކެލިން އާއި ޑިޒަޔާޑް މޯލްޑިވްސް އެވެ. މިފަހަރުވެސް މުބާރާތުގެ މީޑިޔާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ އޭދަފުށި ޓައިމްސް “އީޓީ” އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.