ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

unnamed

އޭދަފުށީ ކައުންސިލުން މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ފިތުރު ޒަކާތް އިއްޔެއިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ބަލައިގަންނާނެ އެވެ. މިއަހަރު އެ އިދާރާއަށް ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ހެނދުނު 10:15 އިން މެންދުރު 12:15 އަށެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ފިތުރު ޒަކާތް މި ރަށުގައި މި އަހަރު ދައްކަން ޖެހެނީ ބާސްމަތީ ހަނޑުލުން ނަމަ ބޮލަކަށް 84ރ. އަދި ތައިލެންޑު ހަނޑުލުން ނަމަ ބޮލަކަށް 54ރ. އެވެ. އާދައިގެ ހަނޑުލުން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ ބޮލަކަށް 11.06ރ. އެވެ

ޒަކާތް ދައްކަން ޖެހެނީ އަހަރު ތެރޭގައި އާއްމުކޮށް އެ މީހަކު ނުވަތަ އެ ބަޔަކު ކެއުމަށް ބޭނުންކުރި ހަނޑުލުގެ ބާވަތުން 2.4 ކިލޯ ނުވަތަ އެ އަދަދަށް ވާ ފައިސާ އެވެ.

މި އަަހަރު ވެސް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ. ބީއެމްއެލް އާއި އިސްލާމިކް ބޭންކް ވެބްސައިޓް އަދި އެސްއެމްއެސްއަކުން ދިރާގު މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އެެވެ.

މިއަހަރުގެ ފިތުރު ޒަކާތާއި މުދަލު ޒަކާތް ބެހުމަށްޓަކައި ފަގީރުންނާއި މިސްކީނުން ނަންނޯޓް ކުރުމުގެ ފުރުސަތުވެސް އޭދަފުށީ ކައުންސިލުން މިއަދު ވަނީ ހުޅުވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.