މާޅޮހު ކައުންސިލަރުންގެ ފަރާތުން ކޮންމެ ގެއަކަށް ބިސްޓްރޭއެއް

މާޅޮހު ކައުންސިލަރުން އެރަށުގެ ގޭގެ އަށް ބިސް ޓްރޭ ހަދިޔާކުރަނީ – ފޮޓޯ / މާޅޮހު ކައުންސިލް
މާޅޮހު ކައުންސިލަރުން އެރަށުގެ ގޭގެ އަށް ބިސް ޓްރޭ ހަދިޔާކުރަނީ – ފޮޓޯ / މާޅޮހު ކައުންސިލް

 

ބ. މާޅޮހު ކައުންސިލަރުން އެރަށުގެ ކޮންމެ ގެއަކަށް ބިސް ޓްރޭއެއް ހަދިޔާކުރައްވައިފި އެވެ.

މާޅޮހު ކައުންސިލުގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ އެ ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 30 ބިހުގެ ބިސްޓްރޭއެއް ހަދިޔާކުރީ ރޯދަ މަހު ކައުންސިލަރުންގެ ފަރާތުން ރައްޔިތުންނަށް ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. މިދިޔަ އަހަރުން އެރަށު ކައުންސިލަރުން ވަނީ ރަށުގެ ކޮންމެ ގެއަކަށް 15 އޮރެންޖް ބަހައިފަ އެވެ.

މާޅޮހު ކައުންސިލަރުން އެރަށުގެ ގޭގެ އަށް ބިސް ޓްރޭ ހަދިޔާކުރަނީ – ފޮޓޯ / މާޅޮހު ކައުންސިލް
މާޅޮހު ކައުންސިލަރުން އެރަށުގެ ގޭގެ އަށް ބިސް ޓްރޭ ހަދިޔާކުރަނީ – ފޮޓޯ / މާޅޮހު ކައުންސިލް

 

“މިއީ މިހާރު މި އޮންނަ ކައުންސިލުން މިދިޔަ އަހަރުން ފެށިގެން ކުރަމުން އަންނަ ކަމެއް. މިދިޔަ އަހަރު ބެހީ އޮރެންޖު. މިއަހަރު އަޅުގަނޑުމެން މި ބަހާލީ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ބިސްޓްރޭއެއް. ހުރިހާ ކައުންސިލަރުންގެ ބައިވެރިވުމާއެކު ކުރާ ކަމެއް މިއީ،” ޝުޖާއު ވިދާޅުވި އެވެ.

އާބާދީގައި 675 މީހުން ދިރިއުޅޭ މާޅޮހުގައި 5 ކައުންސިލަރުން ތިއްބަވަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.