ކޯވިޑް-19: ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް ވެސް ބަންދު

ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މިއަދުން ފެށިގެން ސަރުކާރު ބަންދު ކުރުމުން ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް ބަންދު ކޮށްފި އެވެ.

އެގޮތުން ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް މިއަދުން ފެށިގެން މާޗު 26 ގެ ނިޔަލަށް ބަންދުވާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މިގޮތަށް ހިދުމަތްތައް ދިނުން ބަންދު ކުރީ މި ދުވަސްވަރު ފެތުރެމުންދާ ރޯގާ ކޮންޓްރޯލްކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުގެ ދަށުށް ކަމަށެވެ. އެކަމަކު ދިރާޣު މުވައްޒަފެއްގެ އެހީ ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ވެބްސައިޓުގައިވާ ލައިވް ޗެޓް، އައި-މެސެޖިންގް، ވައިބާ ހެލްޕް އަދި ފޭސްބުކް މެސެންޖާ ފަދަ ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުމަށް އެދޭ ކަމަށެވެ.

ދިރާގުން ބުނީ އަބަދުވެސް ބޭނުންވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި މުޖުތަމައަށް ލުއިފަސޭހަ ކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ކުންފުނިން އިލްތިމާސް ކުރަނީ ދިރާގު މޮބައިލް އެޕް އަދި ވެބްސައިޓުގައިވާ ދިރާގު މައި އެކައުންޓް މެދުވެރިކޮށް ކަސްޓަމަރުންގެ ހިދުމަތްތައް މެނޭޖްކުރެއްވުމަށް ކަމަށެވެ.

ކޮރޯނާވައިރަސް ހުރި 13 މީހަކު ރާއްޖެއިން ފެނިފައި ވިޔަސް، އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެ އެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޓޫރިސްތުން ރަށްރަށަށް އެރުން މަނާކޮށް، ބައެއް ގައުމުތަކުން މީހުން އައުން މަނާ ކުރުން ފަދަ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.