ސަޖި އެންޑް ފްރެންޑްސް އާއި ތުތިމަސް ކްއާޓާއަށް

ރޭ ތުތިމަސް ލަކީ އެއިޓް ބައްދަލުކުރި މެޗުގެ ތެރެއިން
ރޭ އޮޒޯކް އާއި ކައްކާނި ބައްދަލުކުރި މެޗުގެ ތެރެއިން

ދިރާގު ތްރީ އޮން ތްރީ ސޮކާ ކަޕުގެ ކްއާޓާ ފައިނަލުން ކްލަބް ސަޖި އެންޑް ފްރެންޑްސް އާއި ތުތިމަސް އެފްސީ ރޭ ޖާގަ ހޯދައިފި އެވެ.

ގްރޫޕް ބީގެ ސަޖި އެންޑް ފްރެންޑްސް ކްއާޓާ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން 5 ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުން ކްއާޓާއަށްދާނެ ދެވަނަ ޓީމެއް ޔަގީންވާނީ މިރޭ ފެއިމްސް ޔުނައިޓެޑް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ފެއިމްސް އަށް މިހާތަނަށް ލިބިފައިވަނީ ކުޅުނު ދެ މެޗުން 4 ޕޮއިންޓާ ފައިދާ 4 ގޯލެވެ. މި ގްރޫޕްގައި ހިމެނޭ ވެލާ ސްޕޯޓްސް އަށް ލިބިފައިވަނީ ތިން މެޗު ކުޅެ 4 ޕޮއިންޓެވެ.

ގްރޫޕް ޑީ ގެ އެފްސީ ތުތިމަސް ކްއާޓާ އިން ޖާގަ ހޯދީ ކުޅުނު ތިން މެޗުން 5 ޕޮއިންޓް ހޯދައިގެންނެވެ. ރޭ ލަކީ އެއިޓާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފަ އެވެ. މި ގްރޫޕުން ކުއާޓާއަށްދާނެ ދެވަނަ ޓީމެއް ޔަގީންވާނީ މިރޭ ދިރާގު އަދި ސަންސެޓް ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ރޭ ގްރޫޕް އޭ ގެ އެފްސީ އޮޒޯކް އާއި ކައްކާނި ބައްދަލުކުރި މެޗު ނިމުނީ 1-0 އިން ކައްކާނީ މޮޅުވެގެންނެވެ. މި ގްރޫޕުން އޮޒޯކް ކްއާޓާއިން ޖާގަ ކަށަވަރު ކޮށްފައިވާއިރު މި ގްރޫޕުގެ ދެވަނަ ޓީމެއް ޔަގީންވާނީ މިރޭ ކޮޕީ ފަތާއި ޓީމު އީޕީ ބައްދަކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ރޭ ގްރޫޕް ސީ އެފްސީ ސޫޕް އަތުން 3-2 އިން ޓީމު ޝީޝާ ވަނީ މޮޅުވެފައެވެ. މި ގްރޫޕުން ޑައުން ޓައުން އާއި އެފްސީ ހަބޭސް ވަނީ ކްއާޓާއިން ޖާގަ ހޯދައިފަ އެވެ.

ޖޫން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތުގެ މެއިން ސްޕޮންސަރަކީ ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގު އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ކެލިން އާއި ޑިޒަޔާޑް މޯލްޑިވްސް އެވެ. މިފަހަރުވެސް މުބާރާތުގެ މީޑިޔާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ އޭދަފުށި ޓައިމްސް “އީޓީ” އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.