ކްއާޓާގެ ފަހު ޖާގަތައް ދިރާގު، އީޕީ އަދި ފެއިމްސް އަށް

DSC_0251
ދިރާގު ތްރީ އޮން ތްރީ ސޮކާ ކަޕުގެ ކްއާޓާ ފައިނަލުގެ ފަހު ތިން ޖާގަ ދިރާގާއި އީޕީ އަދި ފެއިމްސް ޔުނައިޓެޑުން ހޯދައިފި އެވެ.

ދިރާގު ކްއާޓާއަށް ދިޔައީ ރޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސަންސެޓް އަތުން 3-0 އިން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދިރާގު ޓީމުގެ މުހައްމަދު ޖައިލަމް އެވެ.

ޓީމު އީޕީ ކްއާޓާއަށް ދިޔައި ރޭ އެފްސީ ކޮޕީފަތް އަތުން 8-1 އިން މޮޅުވެގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީމު އީޕީގެ ހުސައިން ފާސިރެވެ.

މުބާރާތުގެ އެންމެ ކާމިޔާބު އެއްޓީމު ކަމަށްވާ ފެއިމްސް ޔުނައިޓެޑް ކްއާޓާއިން ޖާގަ ހޯދީ ރޭ ސައްލޭ ސްޕޯޓްސް އާ ބައްދަލުކޮށް 1-0 އިން މޮޅުވެގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެއިމްސްގެ އަހްމަދު މިސްކީން އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލު މެޗުތައް މިރޭ ކުޅޭނެ އެެވެ. މިރޭވެސް ކުޅުން ފަށަނީ 10:00 ގަ އެވެ.

ކްއާޓާގެ މެޗުތައް ހަމަޖެހިފައިވާ ގޮތް:

• ފުރަތަމަ މެޗު: ޓީމު އީޕީ – ސަޖީ އެން ފްރެންޑްސް
• ދެވަނަ މެޗު: ފެއިމްސް ޔުނައިޓެޑް – އެފްސީ އޮޒޯކް
• ތިންވަނަ މެޗު: އެފްސީ ހަބޭސް – ތުތިމަސް އެފްސީ
• ހަތަރުވަނަ މެޗު: ދިރާގު – ޑައުން ޓައުން

ޖޫން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތުގެ މެއިން ސްޕޮންސަރަކީ ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގު އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ކެލިން އާއި ޑިޒަޔާޑް މޯލްޑިވްސް އެވެ. މިފަހަރުވެސް މުބާރާތުގެ މީޑިޔާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ އޭދަފުށި ޓައިމްސް “އީޓީ” އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.