ފުޓްސަލް ދަނޑުގެ ބައެއް ލައިޓްތައް މައްސަލަޖެހިގެން ދިރާގު ތްރީ އޮން ތްރީ މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިއޮތް ކްއާޓާ ފައިނަލު މެޗްތަކާއި މާދަމާ ރޭ ކުޅުމަށް ޝެޑިއުލުކުރި ސެމީ ފައިނަލު މެޗުތައް ކްލަބް ދަ ބިގިނާސް އިން ފަސްކޮށްފި އެވެ.
ލައިޓް ސިސްޓަމަށް ދިމާވި މައްސަލައާ ގުޅިގެން މުބާރާތުގެ ޝެޑިއުލަށް އައި ބަދަލުތަކުގެ ތެރޭގައި މިރޭ ކުޅޭގޮތަށް ހަމަޖައްސައިފައިވާ ކްއާޓާ ފައިނަލު މެޗު މާދަމާ (ހުކުރު) ރެ އަށް ފަސްކޮށް ސެމީ ފައިނަލު މެޗުތައް ހޮނިހިރު ދުވަހުގެ ރެ އަށް ފަސް ކުރުން ހިމެނެ އެވެ.
ނަމަވެސް ފައިނަލު މެޗު ކުރިން ޝެޑިއުލު ކޮށްފައި އޮތް ގޮތަށް އާދީއްތަ ދުވަހުގެ ރޭ ކުޅޭނެ އެވެ.