ބ. ދަރަވަންދޫ މާސްޓަ ޓްރެކް ސްޓޯޑިއޯ އިން ތުޅާދޫ ސިއްހީ މަރުކަޒާއި ގުޅިގެން ތުޅާދޫގައި އައިކޭމްޕެއް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
މާސްޓަރ ޓްރެކް ސްޓޫޑިއޯ އިން ބުނި ގޮތުގައި މާދަމާ ތުޅާދޫ ސިއްހީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިކޭމްޕްގައި ލޯ ސްކްރީން ކުރުމާއި ނަންބަރު ނަގައިދިނުން އޮންނާނީ ހިލެއެވެ. އަދި މި އައި ކޭމްޕްގައި އެކިބޭފުޅުންނާގުޅޭ ތަފާތު ޑިޒައިންތަކުގެ ފްރޭމް ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށްވެސ މާސްޓަ ޓްރެކް ސްޓޫޑިއޯ އިން ބުންޏެވެ.
މި އައިކޭމްޕަގައި ޑޮކްޓަރަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދެވުމަށް ގުޅުއްވާނީ 7797955، 7994523 ނުވަތަ 7991987 ނަންބަރު ފޯނާ އެވެ.
މާސްޓަ ޓްރެކް ސްޓޫޑިއޯ އޮންވަނީ މިދިޔަ ހަފްތާގައި ދަރަވަންދޫ ސިއްހީ މަރުކަޒާއި ގުޅިގެން އެރަށޫގައިވެސް އައިކޭމްޕެއް ބާއްވާފައެވެ.