މުބާރާތުން އޭދަފުށި ކަޓައިފި

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު ނުލިބި އޭދަފުށީ ޓީމު މުބާރާތުން ކަޓައިފި އެވެ.

މުބާރާތުގެ ތިން ގުރޫޕުން ތިން ވަނަ އަށް ދާ ތިން ޓީމުގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަށް ކުއާޓާގެ ފުރުސަތު ދޭތީ، އޭދަފުއްޓަށް އޮތް ހަނި ފުރުސަތު އިއްޔެ ގެއްލުނީ އިއްޔެ ހަވީރު ގްރޫޕް 3 ގެ މަހިބަދޫއާއި ކެލާ ނާޅި ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު މަހިބަދޫއަށް ކުއާޓާގެ ޖާގަ ކަށަވަރުވި އިރު، ދެން ކުއާޓާގައި ވާދަކުރާނެ ޓީމެއް ހޮވަން ޖެހުނީ ގުރުއަތު ނަގާށެވެ. އެއީ އޭދަފުށްޓާއި ބީޖީ ސްޕޯޓްސްގެ ނަތީޖާ ހުރިހާ ގޮތަކުން ހަމަހަމަ ވެފައި ވާތީއެވެ. އޭދަފުށްޓާއި ބީޖީ ސްޕޯޓްސްގެ މި ގުރުލުން ކާމިޔާބުކޮށް ކުއާޓާގެ ފަހުޖާގަ ހޯދީ ބީޖީ ސްޕޯޓްސްއެވެ.

ޖުމްލަ ބާރަ ޓީމު ވާދަކުރި މި މުބާރާތުގެ ކުއާޓާފައިނަލުގައި އަށް ޓީމް ވާދަކުރާއިރު، މުބާރާތުން ކެޓި އަނެއް ތިން ޓީމަކީ ހުސްވި އަހަރުގެ ޗެމްޕިއަން ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ކުލަބް ގްރީން ސްޓްރީޓް އާއި އޭވައިއެލް އެވެ.

ގުޅުންހުރި ލިޔުންތައް

9 ކޮމެންޓް

  1. Kihaadhoo ބަތްޕޮޅި

    Rameez ކައިރިން އަހާލަން އޮތީ، އޭދަފުށި ތީމް އޮތްގްރޫޕުން އެއްވެސް ޓީމެއް ފަިނަލަަ ހަމައަށް ވެސް ދަތުރު ނުކުރެވުމުން ފެންނަނީ ކޯޗެއްހޭ ؟ އެ ގްރޫޕުން ސެމީއަށްވެސް ދެވުނީ އެންމެ ޓީމަކަށްދޯ؟؟؟ މުބާރާތް މިއޮއްނިމެނީ… ތިބުނި އެއްޗެއްގެ ދޮގުކަން ހާމަވެ ނިމިއްޖެ މިހާރު… މިވަރުން ދެން އޯކޭ…

    ރައްދު
  2. އިބުރޭ

    އޭދަފުށި ދެން މީ މަތިން ފައިބައިގެން އުޅޭ ޓީމެއްތަ؟ އެމީހުން ވަރަށް ފޮނިވާނެ ފުރަތަމަ ޑިވިޜަނުގައި އެރަށުގެ މީހުން ކުޅޭތީވެސް. ތިމަންނާމެން ކަޓުވާލަން ހާފްޓައިމް ގަ ގުރު ނެގިވާހަކަ ދައްކާކަށް ނުޖެހޭނެ ދޯ ފުރަތަމަވެސް ތިންމެޗުން މޮޅުވިނަމަ. ކިހާދޫ ބަތްޕޮޅި އެބުނީ ހަމަ ތެދެއް. އޭދަފުށި ބަލިވެއްޖެތަ!! ދެން ގޯސްވާނީ ގަވައިދު ނޫނީ ތިންތިޒާމު ކުރާފަރާތް.

    ރައްދު
  3. Kihaadhoo ބަތްޕޮޅި

    ހޫނ.. !!! އޭދަފުށި ބަލިވެއްޖެއްނު!! ދެންގޯސްވާނީ މުބާރާތުގެ ގަވާއިދު، ކަމުނުދާނީ ކުޅޭގޮތް، ނުބައިވާނީ އޮތްފަޅި، ބަލަގަ ފުޓްބޯޅައިގައި ހުރިހާ ގޮތަކުން އެއްވަރު ވުމުން ގުރުނެގުމަކީ އަލަށް ދުނިޔޭގަ ކުރިކަމެއްނޫން…. އެކަމު މިގުރުން އޭދަފުށި ހޮވުނު ނަމަ ހުރިހާކަމެއްވެސް ރަނގަޅުވީސް… ބަލަގަ ބަލިގަބޫލުކުރަން ދަސްކޮށްބަލަ…. މުބާރާތާ، އެފް އޭ އެމާ، ގަވާއިދު ގޯސްކުރުމަށްވުރެ މާރަނގަޅުވާނެ ދެންވެސް މިތަޖުރިބާގެ ބޭނުން ހިފައިގެން އަންނަ އަހަރަށް ރަނގަޅުޓީމެއް ތައްޔާރު ކުރިއްޔާ!!

    ރައްދު
  4. sainosa raai

    އަސްލު މަށަކަށް ނުފެނޭ މިމުބާރާތް ބާއްވާކަށްވެސް މިހާ ބޮޑެތި ހަރަދު ކޮށްގެން މާރަގަޅު ވާނެ ބައިވެރިވާ ހުރިހާ ޓީމް ތަކުގެ ނަން ޖަހާފަ ގުރުނަގާނީ ޗެންޕިއަން ލިބޭ ޓީމް އެއްބަލަން އޭރުން 1 ދުހުން ނިމޭނޭ…… ގަވާއިދު ވަރަށް ސަކަރާއި

    ރައްދު
  5. Rameez

    Kihaadhoo ބަތްޕޮޅި އަށް ބުނެލަން އޮތީ މުބާރާތުގައި އޭދަފުށި ކުޅުނީ އެންމެ ވަރުގަދަ ގުރޫޕްގައި އޮވެގެންނޭ. އެގުރޫޕުން 3 ވަނަ ލިބުމަކީވެސް ސަރަފެއް. ރާއްޖެތެރެއިން ބައިވެރިވި އެހެންޓީމުތަށް ވަނީ ވަރަށް ލަދުގަންނަ ވަރުގެ ތަފާތު ބޮޑެތި ނަތީޖާތަކުން ބަލިވެފަ. އެކަމް އޭދަފުށި ބަލިވެފައި ވަނީ އެންމެ ލަނޑެއްގެ ތަފާތުން. އެޓީމުތަށް ވެސް އޭދަފުށި ފަޅީގަ އޮތްނަމަ ރީތި ގޮތަކަށް މުބާރާތުން ކަޓާގެން ދިޔައީސް. މުބާރާތުގެ މެޗުތަށް ބެލިމީހެއްގެ ހައިސީއްޔަތުން ވާނުވާނެންގި ކޮމެންޓްކުރާމީހުންގެ ސަމާލުކަމަށް މިވާހަކަ ބުނެލާހިއްވީ. މިއީ ތެދުކަން މުބާރާޔް ނިމުމުން އިނގޭނެ.

    ރައްދު
  6. iIbu

    ކިހާދޫ ބަތްޕޮޅިއަށް ބުނެލަންއޮތީ އޭދަފުށީޓީމާ ބީޖީއާ ކުޅެގެންބަލިވިނަމަ ބ. އަތޮޅެއްނޫން މުޅިދުނިޔެވެސް ލަދުގަތީސް ކިހާދޫ ބަތްޕޮޅި ހާދަގަމާރޭޭދޯ! ކުޅެމުންދާ މުޗެއްގެ ހާފުޓައިމްގަ ގުރެއްނެގުމަކީ ޤަބޫލުކުރެވޭނެކަމެއްނޫން .. ކެލާ ނާޅިއާ މަހިބަދޫ ބައްދަލުކުރި މެޗު ފުރަތަމަހާފު ނިމުނީ 0-2 ކެލާ ނާޅި ކުރީގައޮވެގެން ފަހުހާފުގަ މަހިބަދޫ 2 ލަނޑު ޖަހާނެކަންއެގިގެންކަމަށް ލަފާކުރެވެނީ ހާފުޓައިމްގަ ގުރެއްނެގީ ކީކޭބުނާނީދޯ……

    ރައްދު
  7. sainosa raai

    އެއްވެސް އިންސާފަކަށް ނޫ އެކަންތަ އެކުރީކީ އެފް.އޭ.އެމް އިން އަސްލު ޖެހޭނީ ބީޖީ އާ އޭދަފުށި މެޗް އެއްކުޅެގެން ޓީމް އެއްހޮވަން

    ރައްދު
  8. Kihaadhoo ބަތްޕޮޅި

    ރާއްޖެތެރެއިން ބައިވެރިވި ޓީމްތަކުގެ ތެރެއިން ކުއާޓަރ ފައިނަލަށް ނުގޮސްކެޓި ހަމައެކަނި ޓީމަކީ އޭދަފުށި ޓީމް ކަމަށްވުމަކީ މުޅި ބ. އަތޮޅު ލަދުގަންނަ ކަމެއް..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.