ވިލާ ކޮލެޖުން އާ ކޯސްތަކެއް ތައާރަފްކޮށްފި

    ވިލާ ކޮލެޖް ހުންނަ އިމާރާތް ކައިރީގައި ބަޔަކު މަޑުކޮށްލައިގެން: އެ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި އަންނަ ހަފްތާ ކޯސްތައް ފަށާނެ -- ހަވީރު ފައިލް ފޮޓޯ
ވިލާ ކޮލެޖް ހުންނަ އިމާރާތް ކައިރީގައި ބަޔަކު މަޑުކޮށްލައިގެން: އެ ކޮލެޖުން ވަނީ އާ ކޯސްތަކެއް ތައާރަފުކޮށްފައި– ހަވީރު ފައިލް ފޮޓޯ

 

އިނިގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑުގެ ޑިގްރީ ކޯސްތަކެއް ވިލާ ކޮލެޖުގައި ތައާރަފްކޮށް، ސެޕްޓެމްބަރުގައި އެ ކޮލެޖުގައި ފަށާ ހުރިހާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޯސްތައް ތައާރަފްކޮށްދެއްވީ އެ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.

ވިލާ ކޮލެޖުގައި އަލަށް ތައާރަފުކުރި އޮނާސް ޑިގްރީ ކޯސްތައް

1- ބިޒްނަސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް
2- ބިޒްނަސް މެނޭޖްމަންޓް ވިތު މާކެޓިން
3- އެކައުންޓިން އެންޑް ފައިނޭންސް
4- ބިޒްނަސް އެންޑް މެނޭޖްމަންޓް

މިއީ ތިން އަހަރު ދުވަހުގެ ކޯސްތަކެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

އަލަށް ތައާރަފްކުރި ކޯސްތަކާ އެކު ސެޕްޓެމްބަރުގައި ފަށާ 52 ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި 30 ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ވިލާ އިން އަމިއްލައަށް ފަރުމާކޮށްގެން ކުރިއަށްގެންދާ ކޯސްތައް ވެސް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.