ވިލާ ކޮލެޖުން ޑިސްކައުންޓް ސްކީމްތަކެއް ތައާރަފުކޮށްފި

CIk52laUkAAmtyA

ވިލާ ކޮލެޖުން ޑިސްކައުންޓް ސްކީމްތަކެއް ތައާރަފުކޮށްފި އެވެ.

ގާތްގަނޑަކަށް 1500 ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަ ވިލާ ކޮލެޖުން ތައާރަފްކުރި ޑިސްކައުންޓްތަކަކީ “ވިލާ ކޮލެޖުގެ ކޯޕަރޭޓިވް ޑިސްކައުންޓް” އާއި “ވިލާ ކޮލެޖުގެ ފެމިލީ ޑިސްކަައުންޓް” އަދި “ވިލާ ކޮލެޖުގެ ރިފަރަލް ޑިސްކައުންޓް” އެވެ.

 

1- ވިލާ ކޮލެޖުގެ ކޯޕަރޭޓިވް ޑިސްކައުންޓް


ކޯޕަރޭޓިވް ޑިސްކަައުންޓަކީ، ސަރުކާރާއި އަމިއްލަ އޮފީސްތަކަށް އަމާޒުކޮށްގެން ތައާރަފްކުރި ޑިސްކައުންޓެއް ކަމަށް ކޮލެޖުން ބުންޏެވެ. އެއްވެސް އިދާރާއަކުން ސްޕޮންސާކޮށްގެން އެއްފަހަރާ ފަސް ދަރިވަރުންނަށް ވުރެ ގިނަ ދަރިވަރުން އެ ކޮލެޖުގައި ކިިޔަަވަމުން އަންނަ ނަމަ، ކޮންމެ ދަރިވަރެއްފެ ކޯސް ފީ އިން ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ކޮލެޖުން ބުންޏެވެ.

މި ސްކީމުގެ މަޤްސަަދަކީ އެކި އިދާާރަތުކުގެ މުއައްޒަފުނން ތަމްރީނުކޮށް ކުރިއެރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

 

2. ވިލާ ކޮލެޖުގެ ފެމިލީ ޑިސްކަައުންޓް

މުޅި ރާއްޖެއަށް ތައުލީމް ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން ވިލާ ކޮލެޖުން ތައާރަފްކުރި ފެމެލީ ޑިސްކައުންޓަކީ އެއް އާއިލާއެއްގެ އެއް ދަރިވަރަކަށް ވުރެ ގިނަ ކުދިން އެއްފަހަރާ ކިޔަވަމުން އަންނަނަމަ، އިތުރުވާ ކޮންމެ ކުއްޖަަކަށް ކޯސްފީގެ 5 ޕަސެންޓް ލިބޭ ސްކީމެެކެވެ.

މި ސްކީމުގެ މަގުސަދަކީ ފުޅާ ދާއިރާއެއްގައި މުޅި ރާއްޖެއަށް ތައުލީމު ފޯރުކޮށްދިނުމަށް އެހީތެރިވުމާއި މައިންބަަފައިންނާއި އާއިލާގެ ފަރާތުން ދަރީންގެ ތަޢުލީމަށް ދޭ އިސްކަން ފާހަގަކޮށް އެކަމަށް ހިތްވަރުދިނުމެވެ.

 

3. ވިލާ ކޮލެޖުގެ ސްޓޫޑަންޓް ރިފަރަލް ޑިސްކައުންޓް

ކޯސް ފީ ދައްކަން މާލީ ގޮތުން ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ތައާރަފްކުރީ ސްޓޫޑަންޓް ރިފަރަލް ޑިސްކައުންޓް ސްކީމެވެ. މި ސްކީމަކީ، ވިލާ ކޮލެޖުގައި ކިިޔަވަމުން އަންނަ ދަރިވަރަކު އެހެން ދަރިވަރަކަށް ވިލާ ކޮލެޖު ތައާރަފްކޮށްދިނުމުން، އެ ތައާރަފްކޮށްދޭ ދަރިވަރުގެ ކޯސް ފީ އިން ފަސް ފަސެންޓް ޑިސްކައުންޓް ލިބޭ ސްކީމެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

މި ޑިސްކައުންޓް ސްކީމްތައް ތައާރަފްކޮށްދެއްވީ ވިލާ ކޮލެޖުގެ ޑީން އޮފް ސްޓޫޑެންޓްސް ޑރ. އަބްދުﷲ ސާދިގެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.