ކުޑައްޓޭގެ ލަނޑާއެކު މަހިބަދޫ ބަލިކޮށް ނިއު އެއްވަނަ އަށް

 ނިއު މޮޅުވި ގޯލް ކާމިޔާބުކޮށްދިން އަހުމަދު ޝިފާން (ކުޑައްޓޭ) - ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު
ނިއު މޮޅުވި ގޯލް ކާމިޔާބުކޮށްދިން އަހުމަދު ޝިފާން (ކުޑައްޓޭ) – ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

 

މުހައްމަދު ޝިފާން (ކުޑައްޓޭ) ޖެހި ލަނޑާއެކު ފަހަތުން އަރައި މަހިބަދޫ ސްޕޯޓްސް އަތުން 2-1 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމަށް ނިއު ރޭޑިއަންޓް ރޭ އަރައިފި އެވެ.

ނިއު 10 ޕޮއިންޓް ހަމަކޮށް ތާވަލުގެ ކުރީގައި ދެ ޕޮއިންޓުގެ ލީޑެއް ނެގިއިރު ދެ ވަނައިގައި އަށް ޕޮއިންޓާ އެކު އޮތީ ކްލަބް އީގަލްސް އެވެ. ތިން ވަނައިގައި އަށް ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ މާޒިޔާ އެވެ. ނިއު އިން މިރޭގެ މޮޅާ އެކު އެއް ވަނަ ހޯދީ މި ހަފުތާގައި އީގަލްސް އާއި މާޒިޔާ ކުޅުނު މެޗުތަކުން އެ ދެ ޓީމު އެއްވަރުވުމުގެ ފައިދާ ނަގަ އެވެ. މަހިބަދޫ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

ރޭގެ މެޗުގެ 19 ވަނަ މިނިޓްގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ މަހިބަދޫން ނެވެ. ނަމަވެސް އޭގެ ދެ މިނިޓްފަހުން ނަތީޖާ ހަމަހަމަ ކުރަން ކެޕްޓެން ބޭންޑް އަޅައިގެން ކުޅެން ނުކުތް ނިއުގެ އަލީ ފާސިރު (ސެންޓޭ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އަރިމަތިން ހުރަސްވެގެން އައި ބޯޅަ ގޯލް ކުރިމަތީ ހުހަށް ހުރި ސެންޓޭ ބޮލުން ފޮނުވާލުމުން ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ނިއުގެ ކުޑައްޓޭ (ކ) އާއި ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: މޯލްޑިވްސޮކާ (އިބްރާހިމް ފާއިދު)
ނިއުގެ ކުޑައްޓޭ (ކ) އާއި ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. –ފޮޓޯ: މޯލްޑިވްސޮކާ (އިބްރާހިމް ފާއިދު)

 

އެކަމަކު 25 ވަނަ މިނެޓުގައި ސެންޓޭ ނިއު އަށް ޕެނަލްޓީއެއް ހޯދައިދިނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ނިއު އަށް ނަތީޖާ ހަމަހަމަކޮށްދިނީ ވިލިއަމް މެކޯ އެވެ.

ދެ ވަނަ ހާފު ފަށައިގެން ސެންޓޭ އާއި ނައިޖީރިއާ ފޯވާޑް އަލަމޫ ބުކޯލާ އަށް ލީޑު ނަގަން ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވި އެވެ. ކުޑައްޓޭ ނިއު އަށް ލީޑު ނަގައިދިނީ 59 ވަނަ މިނެޓުގައި ވިލިއަމް ނެގި ކޯނަރުން ހުރަސްވި ބޯޅަ ބޮލުން ޖަހައި ގޯލުގެ މަތީ ކަނަށް ވައްދާލައިގެންނެވެ.

މެޗުގެ ފަހުކޮޅު ނިއު އަށް ތަފާތު ބޮޑުކުރަން ރަނުގެ ތިން ފުރުސަތު ލިބުނެވެ. އެގޮތުން ހަމްޒާ މުހައްމަދު (ހަމްޕު) ހުހަށް އަރައި މަހިބަދޫ ކީޕަރު ވެސް ކުރިއަށް އަރާ ހުއްޓާ ފޮނުވާލި ބޯޅަ އެ ޓީމުގެ ޑިފެންޑަރަކު ވަނީ ބްލޮކްކޮށްފަ އެވެ. ވިލިއަމް އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ މަހިބަދޫ ކީޕަރު ދިފާއުކުރިއިރު، މަހިބަދޫ ތިން ކުޅުންތެރިން ނައްޓާފައި ސެންޓޭ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ގޯލުގެ ދަނޑި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.