ކޮޕާ އެމެރިކާގެ ފައިނަލް މެޗު މިރޭ ދިރާގު ޓީވީން ވަގުތުން ދައްކާނެ

އާޖެންޓީނާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. މިރޭ ހކުޅޭ ފައިނަލު މެޗު ދިރާގު ޓީވީން ލައިވް ކުރާނެ.-- ފޮޓޯ: އޭއެފްޕީ
އާޖެންޓީނާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. މިރޭ ކުޅޭ ފައިނަލު މެޗު ދިރާގު ޓީވީން ލައިވް ކުރާނެ.– ހަވީރު ފޮޓޯ: އޭއެފްޕީ

 

މިރޭ ދަންވަރު 1:30ގައި އާޖެންޓީނާ އާއި ޗިލީ އާއި ބައްދަލުކުރާ ކޮޕާއެމެރިކާގެ ފައިނަލް މެޗު ދިރާގު ޓީވީން ލައިވްކޮށް ދައްކާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނި ގޮތުގައި އޭޑީއެސްއެލް އިންޓަނެޓް މެދުވެރިކޮށް މެޗް ބަލާ ފަރާތްތަކަށް ޑާޓާއަށް ޗާޖް ނުކުރާނެ އެވެ. އެހެންނަމަވެސް ދިރާގު މޯބައިލް އިންޓަނެޓް އަދި ޓަޗްނެޓް ހިދުމަތް މެދުވެރިކޮށް މެޗް ބަލާ ފަރާތްތަކަށް ޑާޓާ އަށް ޗާޖްކުރާނެ ކަމަށް ދިރާގުން ބުނެއެވެ.

އެ ހިދުމަތަށް ރަޖިސްޓްރީ ކުރުމަށް Play ޖެއްސެވުމަށް ފަހު 404 އަކަށް އެސްއެމްއެސް އެއް ކުރެއްވުމުން ޔޫޒާ ނޭމަކާއި ޕާސްވޯޑެއް ލިބޭނެ އެވެ. އަދި އެ ޔޫސާ ނޭމާއި ޕާސްވޯޑް www.play.mv އަށް ވަނުމަށް އެ ވެބްސައިޓްގައި ޖެހުމުން މެޗު ފެންނާނެ ކަަމަށް ދިރާގުން ބުނެއެވެ.

Dhiraagu TV Ad

“އެއް ޔޫޒާނޭމް އާއި ޕާސްވޯޑެއް ބޭނުންކޮށްގެން ދެ ޑިވައިސް އިން އެއްފަހަރާ ހިދުމަތް ލިބޭނެ،” ދިރާގުން ބުންޏެވެ.

ދިރާގު ޓީވީގެ ‘ވީޑިއޯ އޮން ޑިމާންޑް’ ޕޭޖް މެދުވެރިކޮށް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ މިހާތަނަށް ކުޅެފައިވާ ހުރިހާ މެޗެއް ބަލައިލެވޭނެ ކަަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގު ޓީވީ މެދުވެރިކޮށް ރާއްޖޭގެ ލޯކަލް ހުރިހާ ޗެނެލްތަކާއި ރާއްޖޭގެ ބޭރުގެ ބައެއް ޗެނަލްތައް ބެލެއެވެ. އަދި މުސްތަގުބަލްގައި މިގޮތަށް ބަލާލެވޭ ޗެނަލްތައް އިތުރުކުރާނެ ކަަމަށް ދިރާގުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.