ނެޓްބޯޅަ ލީގުގެ ސެމީން ހަނިގޮތަކަށް ބަލިވެ އޭދަފުށި މުބާރާތުން ކަޓައިފި

ޓީމު އޭދަފުށި
ޓީމު އޭދަފުށި

 

މާލޭގައި މިހާރު ކުރިއަށްދާ ރަމަޟާން ނެޓްބޯޅަ ލީގުގެ ސެމީ ފައިނަލުން ރޭ ފިއޮންޓީ ޖޫނިއާސް އަތުން ބަލިވެ ފައިނަލުން ފުރުސަތު ނުލިބި ޓީމު އޭދަފުށި ކަޓައިފި އެވެ.

ރޭ ސެމީ ފައިނަލު މެޗުން ޓީމު އޭދަފުށި ބަލިވީ 22-26 ޕޮއިންޓުންނެވެ.

ޓީމު އޭދަފުށީގެ އޮފިޝަލަކު ބުނީ ސެމީން ބަލިވެ ރޭ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް މުބާރާތުގަިއ ބައިވެރިވި ފުރަތަމަ ފަހަރާ ބާލާފައި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

“ކުޅުން ތެރިން ކުރި ހިއްވަރަށާއި ޓީމަށް ސަޕޯޓް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! އަދި ޚާއްސަ ކޮށް ޓީމު ސްޕޮންސަކުރި މާލޭ ލިޓަސް އޮޓޯމޮބައިލް އާއި ސްޕޯޓްސްލޭންޑް އަދި ލިންޗްޕިން ގެ އިތުރުން އޭދަފުށީ އޮޒޯކް ސްޕޯޓްސް ވެދެވެއްވި އެހީތެރިކަމަށް މި ޓީމުގެ ފަރާތުން ޚާއްސަ ޝުކުރެއް ދަންނަވަން،”

މުބާރާތުގެ ސެމީ ފައިނަލުން ޓީމު އޭދަފުށި ފުރުސަތު ހޯދީ ގްރޫޕް އޭ ގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ޓީމު އޭދަފުށި ވަނީ ގުރޫޕްގައި މީގެ ކުރިން ކުޅުނު ތިން މެޗުގެ ތެރެއިން، ދެ މެޗުން މޮޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.