އުތުރުގެ އާގެ ޔޫސުފް ހުސައިން ނިޔާވެއްޖެ

ބ. އޭދަފުށީ އުތުރުގެ އާގޭ، ޔޫސުފް ހުސައިން ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ޔޫސުފް ހުސައިން ނިޔާވީ ކުއްލި ގޮތަކަށް މިއަދު މެންދުރުފަހު އޭދަފުށީގަ އެވެ. ނިޔާވިއިރު އުމުރަކީ 74 އަހަރެވެ.

ޔޫސުފް ހުސައިން އަކީ ރަށުގެ ރައްޔިތުންނާ ވަރަށް އެކުވެރިކޮށް ދިރިއުޅުއްވި އަދި ރައްޔިތުން ހިއްސާވާ ތަރައްގީގެ މަސައްކަތް ތަކުގައިވެސް އަމަލީގޮތުން އުޅުއްވި ބޭފުޅެކެވެ.

ޔޫސުފް ހުސައިން ނިޔާވިއިރު، ނުވަ ފިރިހެން ކުދިންނާއި ދެ އަންހެން ކުދިން އަދި އަނބިކަނބަލަކު ދުނިޔޭގައި އެބަތިއްބެވި އެވެ.

މައްޔިތާގެ މައްޗަށް ކަށު ނަމާދުކުރުން އޮންނާނީ މިރޭ މަޣުރިބް ނަމާދަށް ފަހު އޭދަފުށީ މަސްޖިދުލް އައްސުލްޠާން މުހައްމަދު މުއީނުއްދީން [ބޮޑު މިސްކިތް] ގަ އެވެ. ކަށު ނަމާދުގައި ރަށުގެ ވީހާވެސް ގިނަ ބަޔަކު ބައިވެރުމަކީ އާއިލާގެ ވަރަށްބޮޑު އެދުމެކެވެ.

މައްޔިތާގެ ފުރާނަ އަށް މާތް ﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާކުރާ ހާލު، އެ މައްޔިތާގެ އާއިލާގެ މީހުންނަށް ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރަމެވެ. އަދި އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން ތައުޒިޔާ ރައްދުކުރަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.