ބޭރުގެ ޔުނިވަސިޓީތަކާއެކު މަންދު ކޮލެޖުން އިތުރު ފުރުސަތުތަކެއް

މެލޭޝިޔާގެ ޔުނިވަސިޓީއަކާއެކު މަންދު ކޮލެޖުން ސޮއި ކުރަނީ: -- ފޮޓޯ / މަންދު ކޮލެޖް
މެލޭޝިޔާގެ ޔުނިވަސިޓީއަކާއެކު މަންދު ކޮލެޖުން ސޮއި ކުރަނީ: — ފޮޓޯ / މަންދު ކޮލެޖް

 

މަންދު ކޮލެޖުގެ ކޯސްތައް ބޭރުގެ ޔުނިވަސިޓީތަކާއެކު އެއްބަސްވުންތަކެއް ގާއިމުކޮށް، ދަރިވަރުންނަށް އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދީފަ އެވެ.

އެގޮތުން ރޭ ވަނީ، މެލޭޝިޔާގެ ވެސްޓްމިންސްޓާ އިންޓަނޭޝަނަލް ކޮލެޖާއި މަހްސާ ޔުނިވަސިޓީ އާއި ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއި އެސްޖީ އެކަޑަމީއާ އެކު މަންދު ކޮލެޖުން އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
އަދި އެ ޔުނިވާސިޓީތަކާއި ގުޅިފައިވާ ގިނަ އަދަދެއްގެ ޔުނިވާސިޓީތަކުންވެސް މަންދު ކޮލެޖުގެ ކޯސްތައް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ލަންޑަން ސްކޫލު އޮފް ކޮމާސް ގުރޫޕުން މެލޭޝިޔާގައި ހިންގާ ވެސްޓްމިންސްޓާ ކޮލެޖާއެކު ވި އެއްބަސްވުމުގެ ދަށުން، ވިޔަފާރީގެ ދާއިރާއިން މަންދު ކޮލެޖުން ފައުންޑޭޝަން ފުރިހަމަ ކުރާ ކުދިންނަށް، މެލޭޝިޔާ އަދި އިނގިރޭސިވިލާތުގައި ހިންގާ ޑިގްރީ ކޯހުގައި ބައިވެރިވެ އެވެ. އަދި ޑިޕްލޮމާ ފުރިހަމަ ކުރާ ކުދިންނަށް، އެ ދެ ގައުމުގައި ހިންގާ އޮނާސް ޑިގްރީގެ ދެވަނަ އަހަރުގައި ބައިވެރިވެ އެވެ.

ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއެކު ވި އެއްބަސްވުމުގެ ދަށުން، މަންދު ކޮލެޖުން ފައުންޑޭޝަން ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް، މާސް ކޮމިއުނިކޭޝަން އާއި ބިޒްނަސް ސްޓަޑީޒް އާއި ހިއުމަން ރިސޯސް މެނޭޖްމެންޓާއި ފައިނޭންސް އަދި ގާނޫނީ ދާއިރާއިން، މެލޭޝިޔާ އަދި އިނގިރޭސިވިލާތުގައި ޑިގްރީ ފުރިހަމަ ކުރުމުގެ ފުރުސަތު ލިބެ އެވެ.

މެލޭޝިޔާގެ ޔުނިވަސިޓީއަކާއެކު މަންދު ކޮލެޖުން ސޮއި ކުރަނީ: -- ފޮޓޯ / މަންދު ކޮލެޖް
މެލޭޝިޔާގެ ޔުނިވަސިޓީއަކާއެކު މަންދު ކޮލެޖުން ސޮއި ކުރަނީ: — ފޮޓޯ / މަންދު ކޮލެޖް

 

އޭގެ އިތުރުން، މަންދު ކޮލެޖުން ފައުނޑޭޝަން ފުރިހަމަ ކުރާ ކުދިންނަށް، މަހްސާ ޔުނިވަސިޓީގައި، ނާސިން ސްޓަޑީޒް އާއި ބަޔޯ މެޑިކަލް ސައިންސާއި މެޑިސިން އަދި ފާމަސީ ސްޓަޑީޒް ފަދަ ސިއްހީ ދާއިރާތަކުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ލިބެ އެވެ.

އެސްޖީ އެކަޑަމީއާއެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން، ހޮސްޕިޓަލިޓީ މެނޭޖްމެންޓާއި ފުޑް ބެވަރޭޖް ދާއިރާއިން ދެ ކޮލެޖްގެ ދެމެދުގައި ވަސީލަތްތަކާއި އިލްމު ބަދަލު ކުރާނެ ކަމަށް މަންދު ކޮލެޖުން ބުންޏެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

“ގޮއިން ގްލޯބަލް”ގެ ނަމުގައި މަންދު ކޮލެޖުން ސޮއި ކުރި މި އެއްބަސްވުންތަކުގެ ސަބަބުން، މިފިޔަވަޅާއެކު، ރާއްޖޭގައި ފަރުމާކޮށް ގެން ހިންގާ ކޯހެއް، ބޭރުގެ ޔުނިވަރސިޓީތަކުން ޤަބޫލުކުރާ ރާއްޖޭގެ ފުރަތަމަ މަތީތަޢުލީމުގެ މަރުކަޒަށް މަންދު ކޮލެޖުވަނީ ވެފަ އެވެ.

މަންދު ކޮލެޖް މިހާރު ހިންގަމުން އަންނަނީ މަޖީދީމަގުގައި، ރީފްސައިޑް ފިހާރަ ކައިރީގަ އެވެ. ތިން ބުރީގެ އެ އިމާރާތް ހުރީ ކޮލެޖެއްގެ ގޮތަށް އަލުން މަރާމާތުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.